އުމްރާ އަށް ދިޔަ ދިވެހި ފިރިހެނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
ގެއްލިގެން ހޯދަމުންދަނީ ޏ. ފުވައްމުލަށް/ސްޓެއްލާ، ހުސެއިން މުހައްމަދު ދީދީ (63އ) އެވެ.
އިއްޔެގެ ވަގުތެއްގައި ހުސެއިން މުހައްމަދު ދީދީ އުމްރާގެ އަޅުކަމަށް ސައުދީ އަށް ފުރީ ޔަލަމްލަމް ހައްޖު އެންޑް އުމްރާ ގުރޫޕާއެކުގައެވެ.
ޔަލަމްލަމް ހައްޖު އެންޑް އުމްރާ ގުރޫޕުން ބުނީ ހުސެއިން ގެއްލުނީ އުމްރާގެ އަޅުކަން ފުރިހަމަ ކުރުމަށް ސައީ ކުރަނިކޮށް ކަމަށެވެ. ހުސެއިން ގެއްލުނު އިރު ހުރީ އިހުރާމުގައެވެ. އޭނާގެ ކަރުގައި ޖަމާއަތުގެ ފާސް ވެސް އަޅާފައިވެއެވެ.
ހުސެއިން އާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ އެކަން އެންގުމަށް އެ ގްރޫޕުން އެދެއެވެ.
މައްކާއިން ގުޅޭނެ ނަމްބަރު: 593709492 966+ / 565836862 966+
މާލެއިން ގުޅޭނެ ނަމްބަރު: 9199919 / 7901612