ޚަބަރު
ގެދޮރުވެރިޔާގެ ޝަކުވާތަކައް ގާއިމުކުރި ޕޯޓަލް: މިހާތަނަށް 16 ފަރާތަކުން މައުލޫމާތު ހުށަހަޅައިފި!

ދިވެހި ފުލުހުންގެ ޚިދުމަތުން މިހާރު ހިންގަމުން ގެންދާ، ގެދޮރުވެރިޔާ އަދި ބިންވެރިޔާ ސްކީމާގުޅޭ މައްސަލައިގެ ތަހުގީގުގަށް މައުލޫމާތު އެއްކުރުމަށް ގާއިމްކުރި ޕޯޓަލްއަށް މިހާތަނަށް ޖުމުލަ 16 ފަރާތަކުން މައުލޫމާތު ހުށަހަޅާފައިވެއެވެ.

އަދި އޭގެ ތެރެއިން 4 ފަރާތަކުން ގުޅުންހުރި ލިޔެކިޔުން ވަނީ ހިއްސާކޮށްފައެވެ.

ގެދޮރުވެރިޔާ އަދި ބިންވެރިޔާ ސްކީމްގައި ކޮރަޕްޝަންގެ މައްސަލަތައް ފެންމަތިވުމުން މި ސްކީމާ ގުޅޭ މައުލޫމާތު ހިއްސާ ކުރުމަށް ފުލުހުން ހާއްސަ ޮޕޯޓަލްއެއް ގާއިމުކޮށްފައިވާއިރު މި ޕޯޓަލް މެދުވެރިކޮށް މައުލޫމާތު ހިއްސާ ކުރުމުގެ ފުރުސަތު އަދިވެސް ހުޅުވިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. މައުލޫމާތު ހުށަހެޅުމަށް https://evidence.police.gov.mv އަށް ވަޑައިގެން ހިއްސާކުރެއްވުމަށް ފުލުހުން އިރުޝާދު ދެއްވާފައިވެއެވެ.

މީގެ އިތުރުން، މި ޕޯޓަލް މެދުވެރިކޮށް މައުލޫމާތު ހިއްސާކުރާއިރު އަމިއްލަ މައުލޫމާތު ހާމަނުކޮށް ހުށަހެޅިދާނެ ކަމަށް ފުލުހުން ހާމަކުރިއެވެ. އަދި ތަހުގީގު ކުރާ ފަރާތްތަކުން ގުޅަން ބޭނުންވެއްޖެ ހާލަތުގައި ގުޅޭނެ މައުލޫމާތާއެކު ވެސް ހިއްސާކުރެވިދާނެ ކަމަށް ވެސް އަންގަވާފައިވެއެވެ.

މި ޕޯޓަލް މެދުވެރިކޮށް މައުލޫމާތު ހުށަހަޅުއްވާ ފަރާތްތަކުގެ ސިއްރުކަން ހިފަހައްޓާނެ ކަމުގެ ޔަގީންކަން ފުލުހުން ވަނީ އަރުވާފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!