ޚަބަރު
އިސްރަށްވެހިންނަށް އަމާޒުކޮށްގެން މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ކުރިއަށް ގެންދަނީ!

އިސްރަށްވެހިންނަށް އަމާޒުކޮށްގެން ޔޫތު މިނިސްޓްރީން މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ނަގައިދޭން ފަށައިފިއެވެ.

މިގޮތުން ޖުލައި މަހާއި އޮގަސްޓް މަހާއި އޮކްޓޫބަރު މަސް އަދި ނުވެމްބަރު މަހުގައިވެސް އިސްރަށްވެހިންނަށް އަމާޒުކޮށްގެން މައުލޫމާތު ދިނުމުގެ ސެޝަނެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މި ސެޝަނުގައި އާއިލީ ގުޅުންތައް ގާއިމްކުރުމުގެ މުހިންމުކަމާއި އިޖުތިމާއީ ކަންކަމުގައި ބައިވެރިވެ އުޅުމުގެ މުހިންމުކަމާއި މުއާމަލާތް ކުރުމުގައި ކަނުލާ އަޑުއެހުމުގެ މުހިންމުކަމާ އަދި ހާއްސަ ފިކުރު ބޮޑުވާ ހާލަތްތަކުގައި އަމަލު ކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން ވަނީ ބައިވެރިންނާއެކު މަޝްވަރާކޮށްފައެވެ.

މި ސެޝަން ކުރިއަށްގެންގޮސްފައިވަނީ މި މިނިސްޓްރީ އާއި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓްއާ ގުޅިގެންނެވެ.

‘އިސްރަށްވެހިންގެ ނާދީ’ ގެ ނަމުގައި މާލޭ ސަރަހައްދުގައި އިސްރަށްވެހިންނަށް ހާއްސަކޮށް އިޖުތިމާއި މަރުކަޒު ހުޅުވާފައިވަނީ 17 ފެބުރުއަރީ 2024 ގައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!