އުއްމީދުތަކަކާއެކު ދިރިއުޅުމަށް މަސައްކަތް ކުރަމުންދާ މީހަކަށް ލިބޭނެ އެންމެ ބޮޑު އެއް ހިތާމައަކީ، ތިމާ ނުވަތަ ތިމާއާއެކީ ދިރިއުޅުމުގެ ނަވުގައި ދަތުރުކުރަމުންދާ ބަރާބަރު ހިއްސާދާރު ބައިވެރިޔާ ކުއްލިއަކަށް ބަލިވުމެވެ. އެހިސާބުން ހުދު ތިމާ ތަންމަތިވުން ފަދަ އިހުސާސެއް ކުރެވެއެވެ. ކޮންމެ ބަޔަކު އަޑުއުފުލާފައި ކޮންމެ ވާހަކައެއް ދެއްކިއަސް މިއަދުވެސް ގޭތެރޭގެ އަލިކަމަކީ ގޭތެރޭގެ ދިރުމަކީ ގޭގައި އިންނަ އަނބިމީހާ، ނުވަތަ ދަރިންގެ މަންމައެވެ. އެދިރުން ގެއިން ހިނދުކޮޅަކަށް ނެތުނަސް މުޅި ގެއަށާއި އާއިލާއަށް އަސަރު ކުރެއެވެ.
ގދ ތިނަދޫ އަށް އުފަން، ހަމްދޫނު އަލީއަށްވެސް މިއަދު އުފުލަން ޖެހިފައިވަނީ މިދެންނެވި ތަކުލީފުތަކެވެ. ހަމްދޫނު ދިިރިއުޅެމުން ދިޔައީ އޭނާގެ އަނބިމީހާއާއި ދަރިފުޅާއެކު، ކިތަންމެ އާދައިގެ ފަންތިއެއްގައި ވިޔަސް، އުފާވެރި ދިރިއުޅުމެކެވެ. އެކަމަކު މިއަހަރުގެ އޮކްޓޯބަރު މަހު ކުއްލިއަކަށް ދިމާވި އެ ހާދިސާއަށްފަހު ހުރިހާ ކަމެއް ބަދަލު ވެއްޖެއެެވެ.
އައިޖީއެމްއެޗު ގެ އައިސީޔޫގައި ފަރުވާދެމުންދާ، ހަމްދޫނުގެ އަނބިމީހާ، އަދި ދަރިފުޅުގެ މަންމަގެ ހާލު މިވަގުތު ހުރި ނާޒުކު ހިސާބެއްގައެވެ. ހުވަދުއަތޮޅު އުތުރުބުރި ކަނޑުހުޅުދޫއަށް އުފަން، 41 އަހަރުގެ މަރިޔަމް އިސްމާއީލު، ހޮސްޕިޓަލަށް ގެންދިޔައޫ ކުއްލިއަަކަށް ވެއްޓިގެންވެ. ރަށުން އެކަށީގެންވާ ފަރުވާ ނުދެވޭނެތީވެ އވަހަށް މާލެ ގެނައީއެވެ. އައިޖީއެމްއެޗުގެ އައިސީޔޫ ގައި މިވަގުތު ފަރުވާދެމުންދާ މަރިޔަންގެ ސިކުނޑީގެ ނާރެއް ފަޅައިގެން ގޮސްފައިވާތީވެ، ނިއުރޯރީހެބިލިޓޭޝަން ފަރުވާއަށް ރާއްޖެއިން ބޭރަށް ފުރަން މިވަނީ ޖެހިފައެވެ.
އައި.ޖީ.އެމް.އެޗްގެ ނިއުރޯސަރޖަރީ ޑިޕާޓްމަންޓުން މަރިޔަން ރިފަރ ކޮށްފައިވަނީ ވީހާވެސް އަވަހަަށް ފަރުވާއާ ހަމައަށް ދިއުމަށް ނަސޭހަތްތެރިވެފައެވެ. އެހެނީ މަރިޔަންގެ ސިކުނޑިއަށްް، ވޭސޯސްޕާޒްމްގެ ސަބަބުން ސަބްއެރެކްނޮއިޑް ހެމަރެޖް، ލޭ އެޅިފައިވާތީއެވެ.
އޮކްޓޯބަރު މަހުގެ 25 ވަނަ ދުވަހު މަރިޔަންހގެ ސިކުނޑީގެ ލޭހޮޅިތަކުގައި ފްލޯ ޑައިވަރޓަރއެއް ބެހެއްޓުމުގެ ޕްރޮސީޖަރ ހަދާފައިވާއިރު، 4 ނޮވެމްބަރ 2024 އަދި 4 ނޮވެމްބަރ 2024 ގައި، އަދި 2 ޑިސެމްބަރ 2024 ގައި 7.5 ސައިޒްގެ ހޮޅިއަކަށް ވަނީ ބަދަލުކުރެވިފައެވެ.

މަރިޔަން،ރިފަރ ކޮށްފައިވާ ހިސްޕިޓަލުގެ ލިޔުން
ަމަރިޔަންގެ ފިރިމީހާ ހުވަދޫމީޑިއާއަށް މައުލޫމާތު ދެމުން ބުނީ ވީހާވެސް އަވަހަށް ފުރައިގެން ދިއުމަށް ކުރެވެން އޮތް ހުރިހާ ކަމެެއް ކުރަމުންދާ ކަމަށެވެ. މިހާރު އާސަންދަ އަދި އެންސްޕާއަށް ވެސް އެދިފައިވާނޭ ކަމަށާއި އޭނާގެ އަނބިމީހާ އަދި ދަރިފުޅުގެ މަންމައަށް އަވަސް ފަރުވާއެއް ލިބޭނެ މަގު ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެހެންނަމަވެސް މިހާރު މާލޭގައި މިވީ ދުވަސްތަކުގައިވެސް އެތަކެއް ހަރަދެއް އަތުން ގޮސް، މިހާރު ތެދަށް ބުނާނަމަ އަތްމަތި ވަނީ ހުސްވއެފައެވެ. ކުރިންވެސް އެމީހުންނަކީ އާދައިގެ ފަންތިއެއްގެ ކިރިޔާ ދިރިއުޅުމުގެ ހަރަދުތައް ހަމަޖެއްސޭ ވަރުގެ، އެހެނަސް އެއޮތް ގޮތެއްގައިވެސް އެންމެންގެ އިހުތިރާމު ލިބިފައިވާ ބައެކެވެ. އެހެންކަމުން މާލޭގައި އަނބިމީހާ އަށް ފަރުވާ ކުރަމުން މިދާ ދިއުމުގައި ދުވަހުން ދުވަހަށް ކުރަންޖެހޭ ކަންތައްތަކުގައި އެހީތެރިކަން ބޭނުންވާ ކަމަށް ހަމްދޫނު ވަނީ ދަންނަވާފައެވެ.
އަނބިމީހާ ގޮވައިގެން ވީހާވެސް އަވަހަށް ރާއްޖެއިން ބޭރަށް ގެންގޮސް، ނިއުރޯރީހެބިލިޓޭޝަން ފަރުވާ ހޯދުމަށް އާންމުންގެ ފަރާތުން ދީލަތި އެހީތެރިކަމަށް އެދޭ ކަމަށް ހަމްދޫނު ވަނީ ދަންނަވާފައެވެ.
ސަބަބަކީ ދިވެހިރާއްޖޭގައި ނިއުރޯރީހެބިލިޓޭޝަންގެ ޚިދުމަތް ލިބެން ނެތުމާއި ރިކަވަރީ އަދި ރީހެބިލިޓޭޝަނަށް ރާއްޖެއިން ބޭރުގެ ފަރުވާ މުހިންމެވެ، އެހެންކަމުން މަރިޔަންގެ ފުރާނަ ސަލާމަތްކޮށްދެއްވުން އެދި ދުއާ ކުރުމާއެކު ވެވެން އޮތް މިންވަރަކުން އެހީތެރިކަން ދެއްވުން އެދެމެވެ.
ފައިސާގެ އެހީ ފޯރުކޮށް ދެއްވުމަށް:
އެކައުންޓު ނަންބަރު 7710412412101 – ހަމްދޫނު އަލީ
އިތުރު އެއްވެސް މައުލޫމާތެއް ބޭނުންވާ ނަމަ: