ޚަބަރު
ގާތްތިމާގެކަމުގެ މުޅިން ތަފާތު ދަރަޖައެއް؛ އެއް އާއިލާއެއްގެ 40 މެންބަރުން އެކުއެކީގައި އުމުރާގެ އަޅުކަމަށް!

ހެޑްލައިން: ގާތްތިމާގެކަމުގެ މުޅިން ތަފާތު ދަރަޖައެއް؛ އެއް އާއިލާއެއްގެ 40 މެންބަރުން އެކުއެކީގައި އުމުރާގެ އަޅުކަމަށް!

ދިވެހި އެއް އާއިލާއެއްގެ 40 މެންބަރުން އެކުއެކީގައި އުމުރާގެ އަޅުކަމަށްޓަކައި ސައުދީ އަރަބިއްޔާއަށް ހިނގައްޖެެއެވެ. މިވަރުގެ ކަމެއް ކުރެވޭނީ އެތައް ގިނަ ދުވަހެއްގެ ރޭވުމާއި، އެންމެން އެކު އެންމެން އެކުގައި ތިބެގެން މަޝްވަރާކޮށް، ދުރާލާ ތައްޔާރުވެގެންކަން ޔަގީނެވެ.

ސައުދީ އަރަބިއްޔާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީން މި މަޢުލޫމާތު ހާމަކުރައްވައި އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، އެމްބަސީގެ ފަރާތުން ވިދާޅުވެފައިވަނީ، އުމުރާގެ މަތިވެރި އަޅުކަމަށް ވަޑައިގެންނެވި 40 މެންބަރުންގެ މި އާއިލާ އެމްބަސީއަށް ޒިޔާރަތްކުރި ކަމަށެވެ. އަދި މި ގްރޫޕަށް މަރުޙަބާ ދެންނެވީ ސަފީރު އަދި އެމްބަސީގެ މުވައްޒަފުން ކަމަށްވެސް ބަޔާންކުރައްވާފައިވެއެވެ.

އުމުރާގެ އަޅުކަމަށް ދިޔަ މި އާއިލާއަކީ ދިވެހިރާއްޖޭގެ ކޮން ރަށަކަށް ނިސްބަތްވާ ބައެއްކަން އަދި ސާފުވެފައެއް ނުވެއެވެ.

މި އަހަރުގެ ޑިސެމްބަރު މަހު އެކަނި 6،373 ދިވެހިން އުމުރާގެ އަޅުކަމަށް ވަޑައިގެންފައިވާކަން ފާހަގަކުރެވެއެވެ. މި އަހަރު ރާއްޖެއިން އުމުރާއަށް ވަޑައިގަންނަވާ ފަރާތްތަކުގެ އަދަދު އިތުރުވުމާ ގުޅިގެން، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ކުރިމަތިވި ބާރު ބޮޑުވެފައިވާކަންވެސް ފާހަގަކުރެވެއެވެ. އުމުރާއަށް މީހުން ގެންދިއުމުގެ ކަންކަމާއި، އެ ފަރާތްތަކަށް މައްކާގައި އަޅުކަމުގައި އުޅުއްވާއިރު ދިމާވާ ދަތިތަކާއި އެހެނިހެން ކަންކަން އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ގެންދަވަނީ ގާތުން ބައްލަވަމުންނެވެ.

މިއާއިލާ އެކުއެކީގައި އުމުރާއަށް ދިޔުމުން ދިވެހި މުޖުތަމަޢުގައި އަދިވެސް، އާއިލާގެ އެންމެން އެކުގައި މިފަދަ ކަންކަން ކުރާ އާއިލާތައް ތިބިކަން ފާހަގަވުމަކީ ނުހަނު އުފާވެރި ކަމެކެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!