ޚަބަރު
ސިނގިރޭޓު ހަދަން ބޭނުންކުރާ ތަކެތި ރާއްޖެ އެތެރެކުރުން ގާނޫނުގައި އޮތީ މަނާކޮށްފައި: ސިއްހީ ވުޒާރާ

ސިނގިރޭޓު ހަދަން ބޭނުންކުރާ ތަކެތި ރާއްޖެ އެތެރެކުރުން ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނުގެ ދަށުން މަނާކޮށްފައިވާކަމަށް ސިއްހީ ވުޒާރާއިން މިއަދު ހާމަކޮށްފިއެވެ.

ސިއްހީ ވުޒާރާގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، މިއީ އެ ވުޒާރާއިން އަލަށް ނިންމި ނިންމުމެއް ނޫނެވެ. ނަމަވެސް، ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ ކަންކަން ތަންފީޒުކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގާފައިވާކަމަށް އެ އޮފިޝަލް ވިދާޅުވިއެވެ.

މި ބަޔާން ނެރުނީ ސިނގިރޭޓު ހަދަން ބޭނުންކުރާ ކަރުދާހާއި ފިލްޓަރު ރާއްޖެ އެތެރެކުރުން މަނާކުރަން ސިއްހީ ވުޒާރާއިން ކަސްޓަމްސްއަށް އަންގާފައިވާކަމަށް ބުނެ ދެކެވެމުންދިޔަ ވާހަކަތަކާ ގުޅިގެންނެވެ.

2022 ވަނަ އަހަރުގެ ނޮވެމްބަރު މަހު ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ޤާނޫނަށް ގެނެވުނު އިސްލާހުގައި، ދިވެހިރާއްޖޭގައި އެއްވެސް މިންވަރަކަށް ދުންފަތުގެ ބާވަތެއް އުފެއްދުމަކީ މަނާ ކަމެއް ކަމަށް ބަޔާން ކޮށްފައި ވެއެވެ. މީގެ އިތުރުން، ދުންފަތް ގަހާއި ދުންފަތުގެ ގަހުގެ އޮށް ހިމެނޭގޮތަށް ދުންފަތް ގަސް ހެއްދުމަށް ބޭނުން ކުރެވިދާނެ އެ ގަހުގެ އެހެނިހެން ބައިތައްވެސް ރާއްޖެ އެތެރެ ކުރުން މަނާކޮށްފައި ވެއެވެ.

ޤާނޫނުގައި ދުންފަތުގެ ބާވަތްތަކުގެ ތެރޭގައި ހިމެނެނީ ދުންފަތާއި، ދުންފަތުގެ ތަނޑިއާއި، ނިކޮޓިންއާއި، މި ތަކެތި ހިމަނައިގެން ތައްޔާރުކޮށްފައި ހުންނަ އެއްޗެހިކަމަށް ބަޔާންކޮށްފައިވެއެވެ. އެހެންކަމުން، ދުންފަތް އޮޅަން ބޭނުންކުރާ ކަރުދާހާއި ފިލްޓަރަކީ ދުންފަތުގެ ބާވަތެއް ހަށިގަނޑަށް ވާޞިލުކޮށްދޭން ބޭނުންކުރާ އެއްޗަކަށްވާތީ، އެއީ ދުންފަތުގެ ބާވަތެއްކަމަށް ޤާނޫނުގައި ކަނޑައަޅައި، އެ ތަކެތި ރާއްޖެ އެތެރެކުރުންވެސް ވަނީ މަނާކޮށްފައެވެ.

ނަމަވެސް، ދުންފަތުން ދުރުހެލިވުމަށް ބޭނުންކުރާ ތަކެތި މަނާކޮށްފައިވާކަމަށް ބުނެ ފެތުރެމުންދާ ވާހަކަތަކަކީ ދޮގު ވާހަކަތަކެއްކަމަށް ސަރުކާރުން ވިދާޅުވެފައިވެއެވެ. “ސެޒޭޝަން” ފަރުވާގެ ތެރެއިން ދެވޭ އަދި ކަމާބެހޭ ފަންނީ އިދާރާތަކުން ކަނޑައަޅައި ހުއްދަކޮށްފައިވާ ނިކޮޓިން ރިޕްލޭސްމަންޓް ތެރަޕީ ނުވަތަ ފަރުވާގެ ގޮތުގައި ބޭނުންކުރާ މިފަދަ އެހެން ބާވަތްތައް ގާނޫނުގެ ބޭނުމަށް ދުންފަތުގެ ބާވަތްތައްކަމަށް ނުބެލެވޭކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!