ހުވަދޫ ތެރަޕީ ކްލިނިކުން ތިނަދޫސިޓީގައި ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތައް ދެނެގަތުމަށް ހިލޭ ސްކްރީން ކުރުމުގެ ޕްރޮގްރާމެއް ބޭއްވުމަށް ނިންމައިފިއެވެ.
މި ޕްރޮގްރާމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން 8 ޖެނުއަރީ 2025 ގެ ކުރިން ރަޖިސްޓްރީ ކުރަންވާނެއެވެ.
ހުވަދޫ ތެރަޕީ ކްލިނިކުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރޭގައި ކްލިނިކަލް ސައިކޮލޮޖިސްޓް ކޮންސަލްޓޭޝަން، ސައިކޮލޮޖިކަލް އެސެސްމެންޓް ހެދުން، ބިހޭވިއަރ ތެރަޕީ، ކައުންސެލިންގ، ސައިކޯ ތެރަޕީ، އޮކިއުޕޭޝަނަލް ތެރަޕީ، އެޑިޔުކޭޝަނަލް ތެރަޕީ އަދި ސްޕީޗް ތެރަޕީ ހިމެނެއެވެ. މީގެ އިތުރުން އެންޒައިޓީއާއި ޑިޕްރެޝަންފަދަ ނަފުސާނީ ބަލިތަކުގެ ފަރުވާވެސް މި ކްލިނިކުން ލިބޭނެއެވެ.

މި ކްލިނިކްގެ ޚިދުމަތް ހަފުތާޔަކު 6 ދުވަހު، ހެނދުނު 9:00 އިން ހަވީރު 17:00 އަށް ލިބެން ހުންނާނެ އެވެ. އަދި ޑޮކްޓަރު ރެކޮމެންޑްކުރާ އަދަދަކަށް ތެރަޕީ ސެޝަންތައް ހަމަޖައްސައިދެވޭނެއެވެ.
ކްލިނިކުގެ ފަރުވާތައް ކުރިއަށްގެންދާނީ އެކި ދާއިރާތަކުން ޚާއްޞަވެފައިވާ، މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ޑޮކްޓަރުންކަން ފާހަގަކޮށްލެވެއެވެ. މި ކްލިނިކަށް އެޕޮއިންޓްމެންޓް ހެއްދުމަށް 7813030 ނަންބަރާ ގުޅުމަށް އަންގާފައިވެއެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް 7833003 އަށް ގުޅުއްވުމަށް ކްލިނިކުން އެދިފައިވެއެވެ. މި ޕްރޮގްރާމަކީ ހުވަދޫ ތެރަޕީ ކްލިނިކް – ފޯރ އަ ޕީސްފުލް ފިއުޗަރ އިން ހިންގާ ޕްރޮގްރާމެކެވެ.

