ޚަބަރު
ވެރިކަން ވައްޓާލުމަށް ރޯވގެ އެހީއަށް އެދުނުކަމަށް ބުނާ ވޮޝިންޓަން ޕޯސްޓު؛ އަސާސެއް ނެތް ދޮގު ވާހަކަތަކެއް: ޑރ ޚަލީލު

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަން ވައްޓާލުމަށް އިދިކޮޅު އެމްޑީޕީން 92 މިލިއަން ރުފިޔާ (6 މިލިއަން ޑޮލަރު) ހޯދަން އިންޑިއާގެ ރޯ އެޖެންޓުންގެ އެހީތެރިކަމަށް އެދުނު ކަމަށް އެމެރިކާގެ ނޫހެއް ކަމުގައިވާ ވޮޝިންގްޓަން ޕޯސްޓުން ޝާއިޢުކުރި ރިޕޯޓު ދިވެހި ސަރުކާރުން ދޮގުކޮށްފިއެވެ.

އިންޑިއާގެ ނޫހެއް ކަމުގައިވާ “ވިއޮން” (WION)އަށް ދެއްވި ބަސްދީގަތުމެއްގައި، ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެފައިވަނީ ވޮޝިންގްޓަން ޕޯސްޓުގެ ރިޕޯޓަކީ “އެކަމަށް ވަރަށް ކުރު ޖަވާބެއް، އެއީ މުޅިން ވެސް ހަގީގަތާ ހިލާފު، އަސްލެއް ނެތް ވާހަކަތަކެއް. އެކަމުގައި އެއްވެސް ހަގީގަތެއް ނެތް.”  ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ވިއޮން ނޫހުން ސިދާތުސިބަލްގެ ސުވާލަށް ވަޒީރު ޑރ ޚަލީލު ދެއްވި ޖަވާބު/ ފޮޓޯ:ވިއޮންނޫހުންއެސްއެސް

ވޮޝިންގްޓަން ޕޯސްޓުގެ ރިޕޯޓުގައި ބުނެފައިވަނީ، އެމްޑީޕީގެ ބަޔަކާއެކު ވެރިކަން ބަދަލުކުރުމުގެ ވާހަކަތައް ދެކެވެން ފެށީ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ކަމަށެވެ. މި ރޭވުމުގައި، އިންޑިއާގެ ފޮރިން އިންޓެލިޖެންސް އެޖެންސީ ރިސާޗް އެންޑް އެނަލިސިސް ވިންގް (ރޯ) ގެ އޭޖެންޓަކު، އެމްޑީޕީގެ އިދިކޮޅު ލީޑަރުންނާ މަޝްވަރާކުރަމުން ދިޔަ ކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައިވެއެވެ.

ރިޕޯޓުގައި އިތުރަށް ބުނެފައިވަނީ، “ޑިމޮކްރެޓިކް ރިނިއުވަލް އިނީޝިއޭޓިވް” ނަމުގައި ތައްޔާރުކުރި ކަރުދާހެއްގައި، 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 40 މެންބަރަކަށް ރިޝްވަތު ދީގެން، ރައީސް ޑރ. މުޢިއްޒުގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓެއް ރައްޔިތުންގެ މަޖިލީހުން ނަގައި ފާސްކުރުމަށް ރޭވި ކަމަށެވެ. އަދި ރައީސް މުޢިއްޒު މަޤާމުން ވަކިކުރުން ކަށަވަރުކުރުމަށްޓަކައި ސިފައިންނާއި ފުލުހުންގެ އިސް 10 އޮފިސަރަކާއި ބާރުގަދަ ތިން ގޭންގަކަށް ފައިސާ ދިނުމަށް ވެސް އެ ލިޔުމުގައި ހުށަހަޅާފައިވާ ކަމަށެވެ.

ނަމަވެސް، މި ރޭވުން ނާކާމިޔާބުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ 11 މެންބަރަކު ޕީއެންސީއަށް ސޮއިކުރެއްވުމުން ކަމަށް ވޮޝިންގްޓަން ޕޯސްޓުގައި ބުނެފައިވެއެވެ.

މި މައްސަލައާ ގުޅޭގޮތުން ޚާރިޖީ ވަޒީރު ޑރ. ޚަލީލްގެ ބަސްފުޅަކީ ސަރުކާރުން މިހާތަނަށް ދީފައިވާ ފުރަތަމަ ރަސްމީ ބަޔާނެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!