ޚަބަރު
ބޯ ވިއްސާރައިގައި ގެއްލުންވި ގެތަކުގެ އެސެސްމެންޓު ހަދަނީ

މާލެއަށް ކުރި ބޯ ވިއްސާރައިގައި ގެއްލުންވި ގެތަށް އެސެސްމެންޓް ހެދުމަށް މާދަމާ ހަމަޖެހިފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.

އިއްޔެ މާލެއަށް ކުރި ބޯ ވިއްސާރައިގައި އެހީތެރިކަމަށް އެދި 774 ތަނަކުން ރިޕޯޓު ކޮށްފައިވާއިރު 226 މީހުންނަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އެހީތެރިކަން އެންޑީއެމްއޭ އިން ފޯރުކޮށްދީފައިވެއެވެ.

އެހީއަށް އެދުނު މީހުންގެ ތެރެއިން 554 މީހުން އެދިފައިވަނީ ވެލި ބަސްތާ ޖެހުމަށް ކަމަށްވާއިރު ޒަރޫރީ ބޭނުންތަކަށް ހުރަސް އެޅިގެން ވެސް 53 ގެއަކުން ރިޕޯޓު ކޮށްފައިވާ ކަމަށް އެންޑީއެމްއޭ އިން މައުލޫމާތު ދެއެވެ.

އިއްޔެ ފަތިހު ވެހެން ފެށީ ބޯ ވާރޭ މެދުކަނޑާލައިފައިވަނީ ރޭ 7:30 އެހައިކަންހާއިރުއެވެ. މާލޭގެ 11 ސަރަހައްދެއްގައި 16 ޕަންޕު ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް ވަނީ ކޮށްފައެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، އިއްޔެ 11:37 ގައި ފެށި ފެން ހިންދުމުގެ މަސައްކަތް މިއަދު ހެނދުނު 8:30 ގައި ވަނީ ނިންމާލާފައެވެ. މި މުއްދަތުގެ ތެރޭގައި ޖުމްލަ 30،569 ޓަނުގެ ފެން ވަނީ ހިއްކާފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.
  1. ހަމައެކަނި އެސއސްމަންޓްހަދަން ޖެހެނީ ގެތަކަށް ލިބުނު ގެއްލުމެއް ނޫނެއްނު. ކޮބާމަގުމަތީގަ ބަހައްޓާފައި އުޅަނދު ތަކަށް ލިބުނު ގެއލުމުގެ އެސެސްމަންޓް ތައް……