ޚަބަރު
އަނެއްކާވެސް ކުޅުދުއްފުށީކުޅިއަށް ގުޑުގުޑާ ދޫނިތަކެއް؛ މިދޫނިތަކަށް އުނދަގޫވާފަދަ އެއްވެސްކަމެއް ނުކުރުމަށް އިލްތިމާސް!

ހދ. ކުޅުދުއްފުށީ ސިޓީގެ ކުޅިއަށް އިރުވައި މޫސުމާ ދިމާކޮށް ޒިޔާރަތް ކުރާ ގުޑުގުޑާ ދޫނިތަކަށް އުނދަގޫވާފަދަ އެއްވެސް އަމަލެއް ނުކުރުމަށް އެ ސިޓީގެ ކައުންސިލުން އިއްޔެ (ތާރީޚް) އިލްތިމާސްކޮށް އިއުލާނުކޮށްފިއެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލުން ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، ކުޅުދުއްފުށީ ކުޅިއަށް އިރުވައި މޫސުމުގައި ޒިޔާރާތްކުރާ ގުޑުގުޑާ ދޫނިތަކާ ބައެއް ފަރާތްތަކުން މާ ކައިރިއަށް ދިއުމާއި، ދޫނިތަކަށް ގޯނާވާގޮތަށް ކުޅީގައި ކެނޯ ދުއްވާކަމުގެ ޝަކުވާ ގިނަ ރައްޔިތުންގެ ފަރާތުން އެ އިދާރާއަށް ހުށައަޅަމުން އަންނަކަމަށް ފާހަގަކޮށްފައިވެއެވެ.

“އެހެންކަމުން ގުޑުގުޑާ ދޫނި ކުޅީގައި ތިބޭއިރު ކުޅީގައި ކެނޯ ދުއްވުމަކީ މަނާކަމެއް ކަމުގައި ދަންނަވަން. އަދި ޑްރޯން ދުއްވާ ފަރާތްތަކުން ވެސް ދޫނިތަކަށް އުނދަގޫވާފަދަ އެއްވެސް އަމަލެއް ނުހިންގުމަށް އިލްތިމާސް ކުރަން،” ކައުންސިލުގެ ޕޯސްޓުގައި ބުނެފައިވެއެވެ.

ކުޅީގައި ކެނޯ ދުއްވާނަމަ ނުވަތަ ދޫނިތަކަށް އުނދަގޫވާ ފަދަ އަމަލުތައް ރިޕޯޓް ކުރުމަށް 7328831 ނަންބަރަށް ގުޅުމަށް ވެސް ކައުންސިލުން އިލްތިމާސްކޮށްފައިވެއެވެ.

ގުޑުގުޑާ ދޫނިތައް ކުޅުދުއްފުށީގެ ކުޅިއަށް އެންމެ ފުރަތަމަ ޒިޔާރަތްކުރީ މީގެ ތިން އަހަރު ކުރިންނެވެ. އޭގެ ފަހުން ކޮންމެ އިރުވައި މޫސުމަކާ ދިމާކޮށް އެ ދޫނިތައް އެ ކުޅިއަށް ޒިޔާރަތްކުރަމުން އަންނަކަން ފާހަގަކުރެވެއެވެ.

ކުޅުދުއްފުށީގެ ރައްޔިތުންގެ އިތުރުން ކައިރި ރަށްރަށުގެ މީހުން ވެސް މި ދޫނިތައް ބަލާލުމަށް ކުޅުދުއްފުށްޓަށް ޒިޔާރަތް ކުރާކަން ފާހަގަކުރެވެއެވެ. މިކަމުގެ ސަބަބުން ކުޅުދުއްފުށީގެ ވިޔަފާރިތަކަށްވެސް ފައިދާތަކެއް ލިބެމުންދާކަމަށް ބެލެވެއެވެ.

ގުޑުގުޑާ ދޫންޏަކީ ރާއްޖެއިން އާންމުކޮށް ކުރިން ފެންނަ ދޫންޏެއް ނޫނެވެ. އަދި އެ ދޫންޏަކީ ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ދޫންޏެއް ވެސްމެއެވެ. އެހެންކަމުން، މި ނާދިރު ދޫނިތަކަށް ރައްކާތެރިކަމާއެކު ކުޅުދުއްފުށީ ކުޅީގައި މަޑުކޮށްލެވޭނެ މާހައުލެއް ޤާއިމުކުރުމަކީ ވަރަށް މުހިންމު ކަމެއްކަމުގައި ކައުންސިލުން ދެކެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!