ކުޅިވަރު
ސާޖިއޯ ރާމޯސް ޕީއެސްޖީއަށް

ސްޕެއިންގެ ރެއާލް މެޑްރިޑްގެ ކެޕްޓަން އަދި ލެޖެންޑް ސާޖިއޯ ރާމޯސް އެ ކްލަބު ދޫކޮށް ފްރާންސްގެ ޕީއެސްޖީއަށް ބަދަލުވެއްޖެއެވެ.

ރެއާލް މެޑްރިޑްގައި 16 އަހަރުގެ ދިގު މުއްދަތެއް ހޭދަކުރުމަށްފަހު، ރާމޯސް ޕީއެސްޖީއަށް ބަދަލުވީ 2 އަހަރުގެ ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެހެނަކަމުން ޕީއެސްޖީ އާއިއެކު ރާމޮސް ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2023 ވަނަ އަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ.

2003 ވަނަ އަހަރު ސީނިއަރ ކެރިއަރު ސްޕެއިންގެ ސެވިއާ އެފްސީ އިން ފެށި ރާމޮސް ޔޫރަޕު ފުޓުބޯޅައިގައި ވިދާލީ ރެއާލް މެޑްރިޑުންނެވެ. 2005 ވަނަ އަހަރުގެ ހޫނު މޫސުމުގައި ރާމޮސް ރެއާލް އާއި ގުޅުނުއިރު އޭނާ މިއަހަރު އެކުލަބު ދޫކޮށްލީ ޓީމުގެ ކެޕްޓަންގެ ގޮތުގަައި 2015 ވަނަ އަހަރުން ފެށިގެން 2020/2021 ވަނަ އަހަރުގެ ސީޒަން ނިމުމާއި ހަމައަށް ކުޅެފައެވެ. ރެއާލަށް ކުޅެދިން 671 މެޗުގައި ރާމޯސް ވަނީ އެޓީމަށް 101 ލަނޑު ކާމިޔާބުކޮށްދީފައެވެ.

ރެއާލްއާއެކު ރާމޯސް ހޯދި ކާމިޔާބީތަކަށް ބަލާލާއިރު، ޔުއެފާ ޗެމްޕިއަންސް ލީގު ހަތަރު ފަހަރު، ސްޕެނިޝް ލީގު ފަސް ފަހަރު، ފީފާ ކުލަބު ވަރލްޑް ކަޕް ހަތަރު ފަހަރު، ސްޕެނިޝް ކަޕް ދެ ފަހަރު، ޔުއެފާ ސުޕަ ކަޕް ތިން ފަހަރު އަދި ސްޕެނިޝް ސުޕަ ކަޕް ހަތަރު ފަހަރު ކާމިޔާބުކޮށްފައެވެ.

ރާމޯސްގެ އިތުުރުން މި ފަހަރުގެ ޓްރާންސްފާ މާކެޓުގައި ޕީއެސްޖީން ވަނީ މިހާތަނަށް ލިވަޕޫލްގެ ޖިއޮޖީނިއޯ ވައިނަލްޑަމްއާއި އިންޓަ މިލާނުގެ އަޝްރަފް ހަކީމީގެ ސޮއި ހޯދާފައެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!