ޚަބަރު
ތިނަދޫ ސިޓީ ކައުންސިލުން 2 މަގެއް ލެވެލް ކޮށް ހެދުމަށްޓަކައި އެބިމުގައި ހުރި މުދާތައް ނެގުމަށް އަންގައިފި

ތިނަދޫ ސިޓީ ކައުންސިލުން 2 މަގެއް ލެވެލް ކޮށް ހެދުމަށްޓަކައި އެބިމުގައި ހުރި މުދާތައް ނެގުމަށް އެކަައުންސިލުން އަންގައިފިއެވެ. ލެވެލްކޮށް ހެދުމަށްޓަކައި ހަމަޖެހިފައިވަނީ ތިނަދޫ ސިޓީގެ V އަދި G ބްލޮކްގެ މަގުތަކެވެ.

ތިނަދޫ ސިޓީގައި ލެވެލްކޮށް ހަދަން ހަމަޖެހިފައިވާ މަގުތައް

ތިނަދޫ ކައުންސިލުން ސޯޝަލް މީޑިއާގައި ހިއްސާ ކުރި ޕޯސްޓެއްގައި ހާމަކޮށްފައިވަނީ 2025 ޖެނުއަރީ 5 ވަނަ ދުވަހުން ފެށިގެން 7 ދުވަހުގެ ތެރޭގައި އެ ސަރަހައްދުގެ ބިންތަކުގެ ބޭރުގައި ބަހައްޓާފައިވާ އެންމެހައި މުދާ ނަގައި، ބިމުގެ ބޭރު ސާފުކުރުމަށް ވެރިފަރާތްތަކަށް އެ ކައުންސިލުން އަންގާ ކަމަށެވެ.

ކައުންސިލުން އިތުރަށް ބުނެފައިވަނީ، މި މުއްދަތުގެ ތެރޭގައި ބިމުގެ ބޭރު ސާފުނުކޮށްފިނަމަ، ބިމުގެ ބޭރުގައި ބަހައްޓާފައިވާ އެންމެހައި މުދާ ނަގައި މަގު ހެދުމުގެ މަސައްކަތް ކައުންސިލުން ކުރިއަށް ގެންދާނެ ކަމަށެވެ. އަދި އެކަމުގެ ސަބަބުން މުދަލަށް ލިބޭ އެއްވެސް ގެއްލުމެއްގެ ޒިންމާ ތިނަދޫ ސިޓީ ކައުންސިލުން ނުނަގާނެ ކަމަށްވެސް ކައުންސިލުން ވަނީ އަންގާފައެވެ.

މި މަޝްރޫޢު ކުރިއަށް ގެންދަނީ ރައްޔިތުންނަށް ދަތުރުފަތުރު ކުރުމުގައި ދަތިތަކާ ކުރިމަތިލާންޖެހޭތީ ރައްޔިތުންނަށް ފަސޭހަ ކޮށްދިނުމުގެ ބޭނުމުގައެވެ. އަދި މި މަސައްކަތުގައި ރައްޔިތުންގެ ފަރާތުން އެއްބާރުލުން ލިބޭނެ ކަމަށް އުއްމީދުކުރާ ކަމަށް އެ ކައުންސިލުން ބުނެފައިިވެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!