ޚަބަރު
ކުރިއަށް އޮތް 4 އަހަރު ތެރޭގައި ކާރިސާތަކުން އަރައިގަތުމަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދެވޭނެ: އެންޑީއެމްއޭ

ކުރިއަށް އޮތް 4 އަހަރު ތެރޭގައި ކާރިސާތަކުން އަރައިގަތުމަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށް ނުދެވިވާ ރަށްރަށަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދެވޭނެ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، އެންޑީއެމްއޭގެ ޗީފް އެގްޒެކެޓިވް ހިސާން ހުސައިން ވިދާޅުވެއްޖެއެވެ.

ޗީފް އެގްޒެކެޓިވް ހިސާން ހުސައިން ވިދާޅުވީ އެ އޮތޯރިޓީގެ ޒިންމާގެ ބޮޑު ބައެއް އޮންނަނީ ވިލުންވެރި މުޖްތަމައެއް ބިނާ ކުރުމަށް ކަމަށެވެ. އެގޮތުން މިހާރު ކުރަމުންދާ މަސައްކަތުގެ ތެރޭގައި އެކި އެކި ރަށްރަށުގައި ކޮމިއުނީޓީ ބޭސްޑް ޑިޒާސްޓަރ ރިޑަކްޝަން ޕްރޮގްރާމާއި، ކޮމިއުނިޓީ އިމަރޖެންސީ ރެސްޕޮންސް ޓީމްތައް އުފެއްދުމުގެ މަސައްކަތް ހިމެނޭކަމަށެވެ. އަދި މިއީ ވަރަށް އިސްކަމެއް ދީގެން ކުރިއަށް ގެންދާ މަސައްކަތެއްކަމަށް ވެސް ވިދާޅުވިއެވެ.

ހިސާން އިތުރަށް ވިދާޅުވީ ރަށްރަށަށް ދިމާވާ މިފަދަ ހާލަތްތައް، ޚާއްސަކޮށް އުދައެރުމާއި ފެންބޮޑުވުން ފަދަ ކަންކަން ދެނެގަނެ ރައްކާތެރިކަން ދެނެގަތުމަކީ މުހިންމު ކަމެއްކަމަށެވެ.

މި މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން ބޮޑު މަޝްރޫޢެއް ހިންގާފައިވެއެވެ. އެއީ ކައުންސިލްތަކާއި މުޖްތަމަޢުގެ ފެންވަރުގައި ކާރިސާތަކަށް އިޖާބަދިނުމުގެ ޤާބިލްކަން އިތުރުކުރުމުގެ ގޮތުން ރަށްރަށަށް ފެން ހިއްކާ ޕަންޕާއި އެއާއި ގުޅޭ އާލާތްތައް ފޯރުކޮށްދިނުމުގެ ގޮތުންނެވެ. މިމަޝްރޫޢުގެ ދަށުން ފެން ހިއްކާ ޕަންޕާއި އެނޫންވެސް ވަސީލަތްތައް ފޯރުކޮށް ނުދެވޭ ހުރިހާ ރަށަކަށް ކުރިއަށް އޮތް 4 އަހަރު ތެރޭގައި މިވަސީލަތްތައް ފޯރުކޮށްދީ ނިންމާލެވޭނެކަމަށް ވިދާޅުވިއެވެ.

ހިސާން ވިދާޅުވީ އަލިފާން ނިއްވުމާ ގުޅޭ ސާމާނުގެ ފުރަތަމަ ޝިޕްމަންޓް މިއަހަރުގެ ސެޕްޓެމްބަރުމަހު ރާއްޖެ އަންނާނެކަމަށެވެ. އަދި މީގެތެރޭގައި އަލިފާން ނިންވާ 4 ވެހިކަލާއި 40 ޕަންޕް ހިމެނޭކަމަށެވެ. މިއީ ޖަޕާން ސަރުކާރާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން އެމްއެންޑީއެފަށް ހަދިޔާކުރުމަށް ހަމަޖެހިފައިވާ ސާމާނުތަކެވެ.

އެންޑީއެމްއޭއިން އެންމެ ބޮޑު އިސްކަމެއްދޭނީ ލިބޭ ގެއްލުމާއި މުދަލާއި ފުރާނަ ސަލާމަތް ކުރުމަށްކަމަށް ހިސާން ވިދާޅުވިއެވެ. އަދި ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް ވިސްނާ ވިސްނުން އަތޮޅު ތެރޭގައި ކުރިއަށްވުރެ ބޮޑަށް ފުޅާވެފައިވާކަމަށެވެ. އެގޮތުން ޕްލޭންތައް ހަދާދިނުމަށާއި ޓެކްނިކަލް އެހީތެރިކަން ހޯދަން އަތޮޅުތަކުން ރިކުއެސްޓް ކުރަމުންދާކަމަށް ހިސާން ހާމަކޮށްފައިވެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!