ޚަބަރު
ގަލޮޅުގެ އިހުސާން ފިހާރައިގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކޮށްފި

ގަލޮޅުގެ އިމާރާތެއްގައި އަލިފާން ރޯވެއްޖެއެވެ.

.މި ހާދިސާ ހިނގާފައިވަނީ ގ. އުފުރިޔާ އިމާރާތުގެ ހަވަނަ ފަންގިފިލާގައި ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މަޢުލޫމާތު ދެއެވެ.

އަލިފާން ރޯވެފައިވަނީ އިހުސާން ފިހާރަ ހިންގަމުންދާ އިމާރާތުގެ ހަވަނަ ފަންގިފިލާގައެވެ. އެ ފަންގިފިލާއިން ވަރަށް ބޮޑަށް ދުން އަރަމުންދިޔަ ކަމަށް ލޮލަށް ފެނުނު މީހުން ބުނެފައިވެއެވެ. އަދި ވަރަށް ބޮޑަށް އަލިފާން ރޯވެފައި ހުރި ކަމަށްވެސް މަޢުލޫމާތު ލިބިފައިވެއެވެ.

މި ހާދިސާއާ ގުޅިގެން އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ އިތުރުން ސިފައިންނާއި ފުލުހުން ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވެފައެވެ. އެމްއެންޑީއެފްއިން ދެއްވި މަޢުލޫމާތުގައިވާ ގޮތުން، 12:01 ގައި އަލިފާންގަނޑު ވަނީ ކޮންޓްރޯލް ކުރެވިފައެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވި ކަމެއް އަދި އެނގިފައެއް ނުވެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!