ޚަބަރު
މިއަހަރުގެ ރޯދައިގެ ކުރިން ރަށްރަށަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލު ކޮށްދޭނަން: ރައީސް

ރާއްޖޭގެ ރަށްރަށަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ މިއަހަރުގެ ރޯދައިގެ ކުރިން ހައްލު ކޮށްދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. މިކަން އެމަނިކުފާނު ވިދާޅުވެފައިވަނީ މިރޭ ގދ. ފިޔޯރީގައި ބޭއްވުނު ޖަލްސާއެއްގައެވެ.

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، ގިނަ ރަށްރަށުގައި ފެނަކައިން ކަރަންޓު ފޯރުކޮށްދިނުމަށް ބޭނުންކުރާ ގިނަ ޖަނެރޭޓަރުތައް ހުރީ ބަދަލުކުރަން ޖެހިފައެވެ. އަދި ސަރުކާރާ ހަވާލުވި އިރު “އެތައް އަހަރެއް ވެފައި އޮތީ އެތަންތަން ރަނގަޅަށް ނުބަލަހައްޓާތާ,ރަ” ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

“މިހާރު އަޅުގަނޑުމެން ޚާއްސަ މަސައްކަތްތަކެއް ފަށައިފިން ފިނޭންސް މިނިސްޓްރީއާއި ފެނަކައާއި އެސްޓީއޯ އެމްޓީސީސީ ތަންތަން ގުޅިގެން. ކުރިއަށް އޮތް ރޯދަމަސް އަންނަން ވާއިރަށް އަޅުގަނޑުމެން މި އަމާޒު ކުރަނީ މުޅި ރާއްޖޭގައި މައްސަލައެއް އޮތް ރަށެއް ވިއްޔާ އެއްވެސް ރަށެއް ދޫކޮށްނުލާ ހުރިހާ ރަށެއްގައި ޖަނެރޭޓަރުތަކުގެ މައްސަލަ ހައްލުކުރުމަށް ގެންނަން ޖެހޭ ޖަނެރޭޓަރުތައް ގެނެސްދީ އިންސްޓޯލްކޮށް ނިންމަން,” ރައީސް މުއިއްޒު ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ މިއީ ވަރަށް ބޮޑު ޗެލެންޖަކަށް ވާނެ ކަމެއް ނަމަވެސް، މިހާރު އެ މަސައްކަތް ފަށައިފައިވާ ކަމަށެވެ. “ރަމަޟާން މަހު ތިޔަ ބޭފުޅުން ކަންބޮޑުވާންޖެހިނުގަންނަވާ ފެންވަރަށް ކަރަންޓުގެ މައްސަލަ ހައްލުކުރުމަކީ އަޅުގަނޑުމެން އަމާޒު ހިފި ކަންތައް. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ބަލާނަން ތިޔަ ބޭފުޅުން ހިތްހަމަޖެހިވަޑައިގަންނަވާ ގޮތަށް ކޮށްދެވޭތޯ,” ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ ރަށްރަށުގައި ދޭތެރެ ދޭތެރެއިން ކަރަންޓުގެ މައްސަލަ ޖެހުމަކީ އާންމު ކަމެކެވެ. މީގެ ތެރޭގައި ޖަނެރޭޓަރުތަކަށް ލޯޑު ބޮޑުވެގެން ކަރަންޓު ކެނޑުމާއި، ގޭބިސީތަކަށް ބޭނުންވާ މިންވަރަށް ކަރަންޓު އުފައްދައި ނުދިނުމާއި، މެއިންޓެނަންސާ ގުޅޭ މައްސަލަތައް ހިމެނެއެވެ. ރޯދަމަހަކީ އާންމުކޮށްވެސް ރާއްޖޭގައި ކަރަންޓުގެ ޚަރަދު ބޮޑުވާ މަހެއްކަން ފާހަގަކުރެވިފައިވެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!