ޚަބަރު
ފިލްމެއް ނޫން؛ ހޮލީވުޑް ރޯވެ އަނދަނީ، އަލިފާންގަނޑު ކޮންޓްރޯލް ނުވެ 22ގަޑިއިރު، 2000އަށްވުރެ ގިނަ އިމާރާތް އަނދައިހުލި!

އެމެރިކާގެ ލޮސް އެންޖެލެސް ސަރަޙައްދުގައި ރޯވެފައިވާ ނުރައްކާތެރި އަލިފާންގަނޑު ދަނީ އިތުރަށް ފެތުރެމުންނެވެ. މި އަލިފާންގަނޑު ކޮންޓްރޯލްކުރުމަށް ފަޔަރ ޑިޕާޓްމަންޓުން މަސައްކަތް ކުރާތާ 22 ގަޑިއިރަށްވުރެ ގިނައިރު ވެއްޖެއެވެ.

އޮފިޝަލުން މަޢުލޫމާތު ދޭގޮތުގައި މި ހާދިސާގައި މިހާތަނަށް ފަސް މީހަކު ވަނީ މަރުވެފައެވެ. އަދި ސަލާމަތްތެރިކަމަށްޓަކައި 130،000 އަށްވުރެ ގިނަ މީހުން ވަނީ އެމީހުންގެ ގެދޮރު ދޫކޮށް އެހެން ތަންތަނަށް ބަދަލުވާން ޖެހިފައެވެ. ލޮސް އެންޖެލެސް ކައުންޓީ ފަޔަރ ޑިޕާޓްމަންޓުގެ ހިސާބުތަކުން ދައްކާގޮތުގައި ޕެލިސޭޑްސް އަދި އީޓަން އަލިފާންގަނޑުގެ ސަބަބުން ޖުމްލަ 2،000 އަށްވުރެ ގިނަ އިމާރާތަށް ވަނީ ގެއްލުން ލިބި ނުވަތަ އަނދައިގެން ގޮސްފައެވެ.

ބުދަ ދުވަހުގެ ހަވީރު 5:45 ގައި ހޮލިވުޑް ހިލްސްގައި ފެށުނު އަލިފާންގަނޑު ރޯވެފައިވަނީ މަޝްހޫރު ހޮލިވުޑް ބޯލް ކައިރީގައެވެ. މި އަލިފާންގަނޑު ހުރީ ހޮލިވުޑް ވޯކް އޮފް ފޭމް އާ ދެމެދު އެންމެ 1.6 ކިލޯމީޓަރުގެ ދުރުމިނެއްގައެވެ.

ކެލިފޯނިއާ ޑިޕާޓްމަންޓް އޮފް ފޮރެސްޓްރީ އެންޑް ފަޔަރ ޕްރޮޓެކްޝަންގެ އޮފިޝަލުން މައުލުމާތު ދީފައިވާ ގޮތުގައި މި އަލިފާނުގެ ސަބަބުން 2000 އިމާރާތް މިހާރުވެސް ވަނީ ރޯވެ އަނދާފައެވެ. އަދި މި ހާދިސާގައި 3000 އަކަފޫޓުގެ ބިން އަނދާފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.

ކެލިފޯނިއާގެ ވެބްސައިޓެއް ކަމަށްވާ ފަވަރއައުޓޭޖް.ޔޫއެސް އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި ރޯވި އަލިފާންގަނޑުގެ ސަބަބުން 1.5 މިލިއަން މީހުން މިވަގުތު ތިބީ ކަރަންޓުގެ ޚިދުމަތް ލިބުމުން މަހުރޫމްވެފައެވެ. އޭގެތެރޭގައި ލޮސް އެންޖަލަސް ކައުންޓީގެ 957،700 ކަސްޓަމަރުން ވެސް ހިމެނެއެވެ.

ހޮލީވުޑް ހިލްސްގައި ދިރިއުޅޭ މީހުން ވެސް ވީހާވެސް އަވަހަށް އެ ސަރަހައްދު ހުސްކޮށް ރައްކާތެރި ސަރަހައްދަކަށް ބަދަލުވުމަށް ލޮސް އެންޖަލަސްގެ ފަޔަރ ޑިޕާޓްމަންޓުން މިއަދު ވަނީ އަންގާފައެވެ. އަލިފާންގަނޑު އަދިވެސް ކޮންޓްރޯލު ނުވާ ކަމަށާއި، މިވަގުތު އެތަނުގައި ތިބުން ރަނގަޅު ނުވާނެ ކަމަށް އެ ޑިޕާޓްމަންޓުން ބުނެފައިވެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!