ޚަބަރު
ސައުތު ކޭޓަރިންގެ މުވައްޒަފުންތަކެއް، މުސާރަ ނުދޭތާ އެތައް ދުވަހެއް ވެއްޖެ ކަމަށް ބުނެ އިހުތިޖާޖު ކުރަނީ

ސައުތު ކޭޓަރިންގެ މުވައްޒަފުންތަކަކަށް މުސާރަ ނުދޭތާ 5 މަހަށްވުރެ ގިނަ ދުވަސް ވެއްޖެ ކަމަށް ބުނެ އިހުތިޖާޖު ކުރަމުން ދާ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

“ސައުތު ޑުލްސީ” ކެފޭ ދޮރުމަތީގައި އިހުތިޖާޖު ކުރަން ތިބި ސައުތު ކޭޓަރިންގައި މަސައްކަތް ކުރާ މުވައްޒަފުން ބުނާ ގޮތުގައި އެމީހުންނަށް މުސާރަ ނުދޭތާ 5 މަސްދުވަހަށްވުރެ ގިނަ ދުވަސްވެއްޖެއެވެ. އެމީހުން ގެންގުޅުނު ބޯޑުތަކުގައި ބުނެފައި ވަނީ އެމީހުން އިތުރު ކަމެއް ބޭނުން ނުވާ ކަމަށާއި ހަމައެކަނި ބޭނުން ވަނީ މުސާރަ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ސައުތު ކޭޓަރިންގެ މުވައްޒަފުންނަށް މުސާރަ ނުދޭތީ، ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް މުވައްޒަފުންގެ މެދުގައި މިކަމާ ގުޅޭ ގޮތުން ތަނުގެ ވެރިންނާ ދެމެދު ވާހަކަ ދެކެވެއެވެ.

އަލިކިލެގެފާނުމަގުގައި ހުންނަ ސައުތު ކޭޓަރިންގ ކެފޭ ކުރިމަތީގައި އެތަނުގައި މަސައްކަތްކުރާ މުވައްޒަފުންތަކެއް އިހުތިޖާޖު ކުރަނީ / ފޮޓޯ:ޝަފާ-ހުވަދޫމީޑިއާ

މިކަމާ ގުޅިގެން ސައުތު ކޭޓަރިންގ ހިންގާ އިސް ބޭފުޅަކު ހުވަދޫމީޑިއާ އިން ކުރި ސުވާލަކަށް ޖަވާބު ދެމުން ބުނީ ކަންތައްތައް އެހާ ރަނގަޅު ނޫން ދުވަސްތަކެއް ކަމަށާއި ބައެއް ކަހަލަ ކަންކަން ހަމަނުޖެހި އޮތުމުން ދިމާވެފައިވާ ކަމެއް ކަމަށެވެ. އަދި މިވަގުތު މިކަމާ ގުޅޭ ގޮތުން އިތުރު އެއްޗެއް ދަންނަވަން ނޭނގޭ ކަމަށެވެ.

ފުލުހުން މިކަމާ ގުޅޭގޮތުން މީޑީއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ސައުތު ކޭޓަރިންގްގެ މުވައްޒަފުންތަކަކަށް މުސާރަ ގަވާއިދުން ނުދޭ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި މި މައްސަލައާ ގުޅިގެން ބަލަޖެހޭ ކަންކަން ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންޓި ހިއުމަން ޓްރެފިކިންގ ޑިޕާޓްމަންޓުން ބަލަމުންދާ ކަމަށެވެ.

މިއަދުގެ ހުތުބާވެސް ހާއްސަކޮށްފައިވަނީ މުވައްޒަފުންގެ އަހުލާގާއި ވަޒީފާ ދޭ ފަރާތާއި އަދި ވަޒީފާ އަދާ ކުރާ ފަރާތްތަކުން ހަމަހަމަގޮތެއްގައި އަހުލާގު ބެހެއްޓުމާއި ސުލޫކު ހިފެހެއްޓުމާ ބެހޭ ގޮތުންނެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!