ޚަބަރު
އެންގުމަކާ ނުލައި މާފަންނު ސަހަރާގެ ފެން ހިންދާ ޕަމްޕު ތަޅާލައި ތަން ހުސްކޮށްފައިވަނީ ޒިންމާދާރުކަން ކުޑަގޮތަކަށް!

މާފަންނު ސަހަރާ ހުސްކުރުމުގެ މަސައްކަތް ކޮށްފައިވަނީ ޒިންމާދާރުކަން ކުޑަ ގޮތަކަށް ކަމަށް މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ ޑރ.އަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.

ޑރ. މުއްޠަލިބު ‘އެކްސް’ ގައި ކުރި ޕޯސްޓެއްގައި ހާމަކޮށްފައިވަނީ މާލޭ ސިޓީ ކައުންސިލާއި އެތަނުގެ ކޮންޓްރެކްޓަރުން ވަނީ އެންގުމަކާ ނުލައި މާލޭގެ ހުޅަނގު އުތުރު ފަރާތަށް ޚިދުމަތްދޭ ސްޓޯމްވޯޓާ ޕަމްޕް ސްޓޭޝަން (ފެން ހިންދާ ޕަމްޕު) ތަޅާލާފައި ކަމަށެވެ. އަދި މިކަމުގެ ސަބަބުން ވަށައިގެންވާ ސަރަޙައްދުގައި ވަރަށް ބޮޑަށް ފެންބޮޑުވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ.

މާލެއަށް ވާރޭ ވެހޭއިރު އެންމެ ބޮޑަށް ފެންބޮޑުވާ ސަރަހައްދުތަކުގެ ތެރޭގައި މާފަންނު ހިމެނެއެވެ. މިދިޔަ ހަފްތާ ބަންދާއި މިއަދުވެސް އެ ސަރަހައްދުގައި ފެން ބޮޑުވިއެވެ.

މާފަންނު ސަރަހައްދުގައި ފެން ބޮޑުވެފައި: ފޮޓޯ/ އަބްދުﷲ މުއްޠަލިބް

“ޕަމްޕް ސްޓޭޝަންގެ މަސައްކަތްތައް އަލުން އިއާދަކުރުމަށް ޓަކައި މިހާރު މިދަނީ ހައްލެއް ހޯދަމުން” މިނިސްޓަރ މުއްޠަލިބު ވިދާޅުވިއެވެ.

މިއީ ކެޗްމަންޓް އޭރިއާ އެލްއެސް-10 ޕަމްޕް ސްޓޭޝަނުން ހިދުމަތް ދެމުން ދިޔަ ތަނެއްކަމާއި މިނިސްޓްރީގެ ޓީމުން ޕަމްޕް ސްޓޭޝަންތައް ގަވާއިދުން އިންސްޕެކްޓް ކުރާއިރު، އެލްއެސް-10 ޕަމްޕް ސްޓޭޝަން މިދިޔަ ހަފުތާގައި ވެސް މަސައްކަތް ކުރަމުންދިޔަ ކަމަށް މިނިސްޓަރު ހާމަކޮށްްފައިވެއެވެ.

ޕަމްޕް ސްޓޭޝަން ހަލާކު ވުމުގެ ސަބަބުން ގެއްލުން ލިބިފައިވާ މަގުތައް ހިމެނޭ ޗާޓު: ފޮޓޯ/ އަބްދުﷲ މުއްޠަލިބް

އަދި ޕަމްޕް ސްޓޭޝަން ކުރިން މަސައްކަތް ކުރަމުން ދިޔައިރު އެ ސަރަހައްދުގެ ރައްޔިތުންނަށް މިހާރު ތަފާތު ފާހަގަކުރެވިފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

“ޕަންޕިން ސްޓޭޝަން އެޅުމަށް ޓަކައި އެ ސަރަހައްދު މުޅިން ހިއްކައި، އިންސާނުންގެ ހަށިތައް ނައްތާލާފައިވާތީ ޕަންޕިން ސްޓޭޝަން ސަރަހައްދު ހިއްކުމުގެ ބޭނުމެއް ނެތްކަން ވެސް ފާހަގަކޮށްލަން ޖެހޭ” މިނިސްޓަރު އިތުރަށް ވިދާޅުވިއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!