ކުޅިވަރު
ސަތޭކަ އެތައް އަހަރެއް ވެފައިވާ މުބާރާތް

ދުނިޔޭގެ ކުދި ބޮޑު ޤައުމަކަށް ބެލުމެއް ނެތި އެތައް އަހަރެއް ވަންދެން ކުޅެމުން އަންނަ ފުޓުބޯޅައަކީ ފޫހިކަމެއްނެތި ބަލަމުން އަންނަ ކުޅިވަރެކެވެ. އެކި އެކި މުބާރާތްތައް ކުޅެމުންދަނީވެސް ވަރުބަލި ކަމެއްނެތިއެވެ.

ކޮންމެ މެޗަކީ 2 ޓީމެއް ނިކުމު މޮޅު ހޯދުމުގެ ނިޔަތުގައި ކުޅޭ މެޗުތަކެވެ. 11 ކުޅުންތެރިންގެ އިތުރުން ބެންޗުގައި އެތައް ކުޅުންތެރިންނާއި އޮފިޝަލުން ހިމެނޭގޮތައް އެތައް ތަމްރީނަކާއި ތައްޔާރީ ތަކެއްވެ މި ޓީމްތައް ނިކުމެއެވެ.

މުބާރާތްތައް އެހާމެ ގިނައެވެ. އަހަރަކު އެތަކެއް މުބާރާތެއް އޮންނައިރު ފޫހިކަމެެއްނެތި ބެލުންތެރިންވެސް ތިބެއެވެ. ސަޕޯޓްކުރާ ޓީމް ނުވަތަ ކުޅުންތެރިޔާގެ ކުޅުން ބެލުމަށެވެ. މި މެޗްތައް ބެލުމަށް ކޮންމެ ސްޓޭޑިއަމެއްވެސް ފުރާލައެވެ.

މިގޮތައް ބެލުންތެރިންގެ ސަމާލުކަމެއް ހޯދާފައި ވާ ކޮޕާ އެމެރިކާ އަށް ނަޒަރެއް ހިންގާލަން ރަނގަޅެވެ. ކޮޕާ އެމެރިކާ އަކީ ސައުތު އެމެރިކާގެ ޤައުމުތަކުގެ މެދުގައި ކުޅެވޭ މަޝްހޫރު މުބާރާތެކެވެ. މި މުބާރާތަކީ ދުނިޔޭގެ އެންމެ ދުވަސްވީ މުބާރާތްވެސް މެއެވެ.

1916 ވަނަ އަހަރު ވުޖޫދުވި މި މުބާރާތަށް މިއަހަރު 105 އަހަރުފުރިފައިވާއިރު މި މުބާރާތް ވެފައި ވަނީ ދުނިޔޭގެ ނިސްބަތުން 3 ވަނައަށް އެންމެ ގިނަ ބެލުންތެރިން ބަލާ މުބާރާތަށް ވެފައެވެ. އެތައް މިލިއަން ރައްޔިތުންނެެއް ދުރާއި ގާތުން ބަލާ މި މުބާރާތައް އިތުރު ފުރިހަމަކަމެއް އައީ 1990 ވަނަ އަހަރު އޭޝިއާގެ ޤައުމްތަކަށް އެރުވުނު ދައުވަތްތަކުގެ ސަބަބުންނެވެ.

ޖުމްލަ 10 ޓީމާއި 16 ޓީމާއި ދެމެދުގެ އަދަދަކަށް ވާދަކުރާ މި މުބާރާތުގައި މިހާތަނަށް 46 މުބާރާތް ކުޅެވި މި އަހަރު 47 ވަނަ މުބާރާތް ދަނީ ކުޅެވެމުންނެވެ. 2 ޓީމެއް ފިޔަވައި ކޮންމެ ޓީމަކުންވެސް މުބާރާތް ކާމިޔާބުކޮށްފައިވާއިރު އުރުގުއޭގެ ޓީމުން ވަނީ 15 ތަށި ކާމިޔާބުކޮށް އެންމެ ގިނަ ތަށި ކާމިޔާބު ކުރި ޓީމުގެ ލަޤަބު ހާސިލް ކޮށްފައެވެ.

އާޖެންޓީނާއިން ވަނީ 14 ތައްޓާއި އެކު 2 ވަނަ ހާސިލްކޮށް މިއަހަރުގެ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފައެވެ. 9 ތައްޓާއި އެކު ބްރެޒިލްގެ ޓީމަކީ އެންމެ ފަހުގެ ތަށި ކާމިޔާބުކުރި ޓީމެވެ. މި ޓީމްވެސް ވަނީ މިއަހަރުގެ ފައިނަލަށް ދަތުރުކޮށްފައެވެ.

މާދަންރޭ ކުޅެން ހަމަޖެހިފައިވާ ފައިނަލް މެޗަށް އެތައް ބައެއް އިންތިޒާރުކުރަމުން ދާއިރު މި މެޗް ކުޅެން ހަމަޖެހިފައި ވަނީ ބްރެޒިލްގެ ވެރިރަށުގައެވެ. މާނޭ ގަރިންޗާ ސްޓޭޑިމްގައު މާދަންރޭ ކުޅޭ މެޗައް ދުނިޔޭގެ އެކި ކަންކޮޅުތަކުން ދަނީ ތައްޔާރުވަމުންނެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!