ޚަބަރު
މައްކާގައި ތާށިވި އުމްރާވެރިން ރާއްޖެ ގެނެސްފި

މައްކާގައި ރާއްޖެއަށް ނާދެވި ތާށިވި އުމްރާވެރިން ރާއްޖެއަށް ގެނެސްފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ. އެމީހުން ރާއްޖެ ގެނެވުނީ ހުކުރު ދުވަހު ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.

އަލްހިޖުރަ ގުރޫޕުގެ ހަވާލުގައި އުމްރާއަށް ދިޔަ 23 މީހަކު އަނބުރާ ރާއްޖެ ނާދެވި ސައުދީ އަރަބިއާގެ މައްކާގައި ތާށިވެފައިވަނީ، ރިޓާން ޓިކެޓު ގަންނަން ހުރި ފައިސާ އެ ގުރޫޕުން އެހެން ކަންކަމަށް ބޭނުންކުރުމުން ޓިކެޓު ނުނެގިގެންނެވެ.

ހިޖްރާ ގްރޫޕާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި، އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ހިފެހެއްޓުމާއި، އެއްލައްކަ ރުފިޔާއިން ޖޫރިމަނާކުރުން ހިމެނެއެވެ. އަދި ހިޖުރަ ކުންފުނި އަދި އެ ކުންފުނީގެ އެއްވެސް ހިއްސާދާރެއް ހިމެނޭ އެހެން ކުންފުންޏަކަށް ވެސް އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ނުދިނުމަށް ނިންމާފައިވެއެވެ. މީގެ އިތުރުން، ހާލުގައި ޖެހުނު މީހުން ރާއްޖެ ގެނައުމަށް އިސްލާމިކް މިނިސްޓްރީން ކުރި ހަރަދު އެ ކުންފުނިން ހޯދުމަށާއި، މި މައްސަލަ ތަހުގީގުކޮށް ގާނޫނީ ފިޔަވަޅު އެޅުމަށް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.

މިނިސްޓްރީން އިތުރަށް ހާމަކޮށްފައިވަނީ، މި ފިޔަވަޅުތައް ތަންފީޒުކުރުމަށް ކުރަންޖެހޭ އިދާރީ ކަންކަމާއި ގާނޫނީ މަސައްކަތްތައް ފަސް ޖެހުމެއް ނެތި ކުރިއަށް ގެންދާނެ ކަމަށެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!