އެމްޑީޕީގެ ސޯޝަލް މީޑިއާގެ އެއް ތަނބު ކަމުގައިވާ ދޮންކޮޅުގެ ނަމުން މަޝްހޫރުވެފައިވާ އަހުމަދު ރަޝީދު ޕީއެންސީ އަށް ސޮއިކުރައްވައިފިއެވެ.
އަހުމަދު ރަޝީދު މިހާތަނަށް ފާހަގަކުރެވިފައިވަނީ އިދިކޮޅު އެމްޑީޕީގެ އެކްޓިވިސްޓެއްގެ ގޮތުގައެވެ.
ރައިސުލްޖުމްހޫރިއްޔާ ‘އެކްސް’ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އަހުމަދު ރަޝީދު މެމްބަރޝިޕް ފޯމާއި ހަވާލުވެވަޑައިގެންފައިވާކަމަށާއި، އޭނާ އަށް މަރުޙަބާ ކިޔައި ތަހުނިޔާ އަރިސް ކުރައްވާ ކަމަށެވެ.
މުލިއާގޭގައި ބޭއްވުނު މި ރަސްމިއްޔާތުގައި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ ވެސް ބައިވެރިވެވަޑައިގަތެވެ.