ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ރާއްޖޭގައި ރޯގާގެ ގޮތުގައި ފެތުރެމުންދާ ބަލިތަކުގެ ހާލަތު އާންމުކޮށްފިއެވެ.
އެޗްޕީއޭ އިން ހާމަކުރި މަޢުލޫމާތުގައިވާ ގޮތުން، މިއަހަރުގެ ނޮވެންބަރު މަހާ އަޅާބަލާއިރު ޑިސެންބަރު މަހު ޑެންގީ ހުމުގެ ކޭސްތައް ވަނީ މަދުވެފައެވެ.
އެޗްޕީއޭ އިން ދެއްވި ތަފާސް ހިސާބުތަކަށް ބަލާއިރު، 2023 ވަނަ އަހަރުގެ ނޮވެންބަރު މަހު 254 ޑެންގީ ކޭސް ރިޕޯޓުކުރެވުނު އިރު، އެ އަހަރުގެ ޑިސެންބަރު މަހު ރިޕޯޓުކުރެވިފައިވަނީ 193 ކޭސްއެވެ. އަދި 2024 ވަނަ އަހަރުގެ ނޮވެންބަރު މަހު 140 ކޭސް ރިޕޯޓުކުރެވުނު އިރު، ޑިސެންބަރު މަހު އެ އަދަދު ވަނީ 96 އަށް ދަށްވެފައެވެ.
މީގެ އިތުރުން، އަރިދަފުސް ރޯގާގެ ހާލަތަށް ބަލާއިރު، 2023 ވަނަ އަހަރުގެ ނޮވެންބަރު މަހު 37,028 ކޭސް ރިޕޯޓުކުރެވުނު އިރު، ޑިސެންބަރު މަހު އެ އަދަދު ވަނީ 32,565 އަށް ދަށްވެފައެވެ. 2024 ވަނަ އަހަރުގެ ނޮވެންބަރު މަހު 40,573 ކޭސް ރިޕޯޓުކުރެވުނު އިރު، ޑިސެންބަރު މަހު އެ އަދަދު ވަނހު އެ އަދަދު ވަނީ 30,590 އަށް ދަށްވެފައެވެ.
އިންފްލުއެންޒާގެ ހާލަތަށް ބަލާއިރު، މިއަހަރުގެ މިހާތަނަށް ޓެސްޓުކުރެވުނު 2,414 ސާމްޕަލްގެ ތެރެއިން 484 ސާމްޕަލް ވަނީ ޕޮޒިޓިވްވެފައެވެ. އަދި ބޭރަށް ހިންގުމުގެ ހާލަތަށް ބަލާއިރު، 2023 ވަނަ އަހަރުގެ ނޮވެންބަރު މަހު 6,698 ކޭސް ރިޕޯޓުކުރެވުނު އިރު، ޑިސެންބަރު މަހު އެ އަދަދު ވަނީ 3,919 އަށް ދަށްވެފައެވެ. 2024 ވަނަ އަހަރުގެ ނޮވެންބަރު މަހު 3,640 ކޭސް ރިޕޯޓުކުރެވުނު އިރު، ޑިސެންބަރު މަހު އެ އަދަދު ވަނީ 2,590 އަށް ދަށްވެފައެވެ.
އެޗްޕީއޭ އިން ވަނީ ޑެންގީ ހުން ފަދަ މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތައް މަދުކުރުމަށާއި، މި ފަދަ ބަލިތަކުން ރައްކާތެރިވުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އާންމުންނަށް އިލްތިމާސް ކޮށްފައެވެ.