ޚަބަރު
ދުންފަތާއި ނިކޮޓީންއިންގެ ނުރައްކާތެރިކަމަށް ހޭލުންތެރި ކުރުވުމުގެ މުހިންމު ވޯކްޝޮޕެއް ފަށައިފި

ދުންފަތާއި ނިކޮޓީންގެ ނުރައްކަލުން ސަލާމަތްވެފައިވާ ތަޢުލީމީ މާޙައުލެއް ބިނާކުރުމުގެ މަޤްޞަދުގައި، ސްކޫލުތަކުގެ އިސްވެރިންނާއި މުދައްރިސުންނަށް އަމާޒުކޮށްގެން ޚާއްޞަ ވޯކްޝޮޕެއް ފަށައިފިއެވެ.

އިމާދުއްދީން ސްކޫލުގައި 2 ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ވޯކްޝޮޕް ރަސްމީކޮށް ހުޅުވައިދެއްވީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރ ޑރ. އަޙްމަދު މުޙައްމަދެވެ. މި ވޯކްޝޮޕް ގައި އެކި ސްކޫލްތަކުގެ 90 މުވައްޒަފުން ބައިވެރިވެއެވެ.

މި ވޯކްޝޮޕް ގައި މައިގަނޑު ސެޝަންތައް ކުރިއަށް ގެންދަވަނީ ޔުނިވަރސިޓީ އޮފް މަލާޔާގެ ކްރިސްޓީނާ ޗިން އަދި ޕްރޮފެސަރ ޑރ. އޭން ޔީ އެވެ. މި ވޯކްޝޮޕްގެ މައިގަނޑު މަޤްޞަދަކީ ދުންފަތުން އެއްކިބާވެފައިވާ މާޙައުލަކަށް ވަކާލާތުކުރުމާއި، ދަރިވަރުންނަށް ޞިއްޙަތަށް ފައިދާހުރި ނިންމުންތައް ނިންމުމަށް ބޭނުންވާ މަޢުލޫމާތާއި ހުނަރުތައް ފޯރުކޮށްދިނުމެވެ. މި ވޯކްޝޮޕްގައި ދުންފަތް ކޮންޓްރޯލްކުރުމާ ގުޅޭ ފުރިހަމަ މަޢުލޫމާތު ފޯރުކޮށްދެވޭނެއެވެ.

މީގެ އިތުރުން، ބައިވެރިންނަށް މުހިންމު މުވާޞަލާތީ އަދި ވަކާލާތުކުރުމުގެ ހުނަރުތައް ދަސްކޮށްދީ، ދުންފަތާއި ނިކޯޓިން އުފެއްދުންތަކުން ކުރިމަތިވާ ގޮންޖެހުންތަކާ ކުރިމަތިލާނެ ގޮތްތައް އުނގަންނައިދެވޭނެއެވެ. އަދި އިންޓަވެންޝަން ދިނުމުގެ މުހިންމުކަމާމެދު މަޝްވަރާކޮށް، ޒުވާނުންގެ މެދުގައި ޞިއްޙަތާއި ދުޅަހެޔޮކަން ކުރިއެރުވުމަށް ޢަމަލީގޮތުން ބޭނުންކުރެވޭނެ ވަސީލަތްތައް ތަޢާރަފު ކޮށްދެވޭނެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!