ޚަބަރު
އެސްޓޯނިއާގެ ފެންވަރު ރަނގަޅު ތަޢުލީމީ ނިޒާމަށް ރައީސް ޑރ. މުޢިއްޒުގެ ތައުރީފް!

އެސްޓޯނިއާގެ މިނިސްޓަރ އޮފް އެޑިއުކޭޝަން އެންޑް ރީސަރޗް، ކްރިސްޓީނާ ކެލަސް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ، އެސްޓޯނިއާގެ ފެންވަރު ރަނގަޅު ތަޢުލީމީ ނިޒާމާއި، އުނގެނުމުގައި ގެންގުޅޭ އީޖާދީ އުކުޅުތަކަށް ތަޢުރީފުކުރައްވާފައެވެ. އެސްޓޯނިއާގެ ކާމިޔާބީން ހިތްވަރު ހޯއްދަވައިގެން، ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމު ފުޅާކުރެއްވުމަށް އެމަނިކުފާނު ވަނީ ޝައުޤުވެރިކަން ފާޅުކުރައްވާފައެވެ.

ބައްދަލުކުރެއްވުމުގައި މިނިސްޓަރ ކެލަސް ވަނީ، އެސްޓޯނިއާގެ ތަޢުލީމީ ނިޒާމާ ގުޅުންހުރި ތަފްޞީލީ ޕްރެސެންޓޭޝަނެއް ހުށަހަޅުއްވައި، އެ ނިޒާމުގެ މުހިންމު ސިފަތަކާއި، ބަދަލުގެނުވަނިވި އާދަކާދަތައް ހިއްސާކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި އެކަމަނާ ވަނީ އެސްޓޯނިއާގެ ތަޢުލީމީ އިސްތިރާޖުތަކާ ގުޅުންހުރި މުހިންމު މަޢުލޫމާތުތަކެއްވެސް ދެއްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ، ދިވެހި ޒުވާނުންނަށް ހުރި ތަޢުލީމީ ފުރުޞަތުތައް ފުޅާކުރުމުގެ މުހިންމުކަން ފާޅުކުރައްވާފައެވެ. އެގޮތުން، އެސްޓޯނިއާގައި ދިވެހި ދަރިވަރުންނަށް ހުރި ސްކޮލަޝިޕްގެ ފުރުސަތުތަކާއި، އެނޫންވެސް، ކަންކަމުގައި އެއްބާރުލެއްވުން ދެއްވުމާމެދު މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރައްވާފައިވެއެވެ.

ތަޢުލީމީ ދާއިރާއިން ދެ ޤައުމުން އެއްބާރުލުން ދިނުމާމެދު މަޝްވަރާތައް ބިނާކުރެއްވި މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުންވެސް ޢިލްމީ ކުރިއެރުންތައް ހިއްސާކުރުމާއި، ޤާބިލްކަން އިތުރުކުރުމާއި، އެ ނޫންވެސް އެދާއިރާއިން ގުޅުން ޤާއިމުކުރުމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.
ދެ ޤައުމުންވެސް ވަނީ، އިޖާދީ އުފެއްދުންތެރިކަމާއި ތަޢުލީމު މެދުވެރިކޮށް، ދެ ޤައުމުގެ ގުޅުން ހަރުދަނާ ކުރައްވާނޭކަމުގެ ޔަޤީންކަން ދެއްވާފައެވެ. މިއީ މުސްތަޤުބަލުގައި އެކުގައި ކުރެވިދާނޭ މަސައްކަތްތަކުގެ ބިންގާކަމުގައި ދެބޭފުޅުންވެސް އެއްބަސްވެވަޑައިގެންނެވިއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!