ޚަބަރު
އެސްޓޯނިއާއަކީ ޓެކްނޮލޮޖީގެ ކުރިއެރުންތަކުގެ ޒަރިއްޔާއިން މުޖުތަމަޢުތައް ބާރުވެރިކުރުމުގެ ލާމަސީލު މިސާލެއް- ރައީސް ޑރ. މުޢިއްޒު

އެސްޓޯނިއާއަކީ ޓެކްނޮލޮޖީގެ ކުރިއެރުންތަކުގެ ޒަރިއްޔާއިން މުޖުތަމަޢުތައް ބާރުވެރިކުރުމުގެ ލާމަސީލު މިސާލެއްކަން ފާހަގަކުރައްވައި، އެ ޤައުމުގެ ތަޖުރިބާއިން އިބުރަތް ލިބިގަތުމުގެ ޝައުގުވެރިކަން ރައީސް ޑރ. މުޢިއްޒު ވަނީ ފާޅުކުރައްވާފައެވެ. ރައީސްގެ މި ޚިޔާލު ފާޅުކުރައްވާފައިވަނީ އެސްޓޯނިއާގެ ރައީސް ޑޮކްޓަރ އަލާރް ކަރިސް ދެއްވި ރޭގަނޑުގެ ރަސްމީ ފަރިއްކޮޅުގައި ބައިވެރިވެވަޑައިގަންނަމުންނެވެ.

މި ފަރިއްކޮޅުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ނައިޓްހުޑް ހައުސްއަށް ވަޑައިގަތުމުން އެ މަނިކުފާނަށް މަރުޙަބާ ދެންނެވީ އެސްޓޯނިއާގެ ރައީސް ޑޮކްޓަރ ކަރިސްއެވެ. ފަރިއްކޮޅަށް އިންސާފުކުރެއްވުމަށް ފެއްޓެވުމުގެ ކުރިން ދެ ލީޑަރުންވެސް ވަނީ މި ދަތުރުފުޅުގެ މުހިންމުކަމުގެ މައްޗަށާއި މުސްތަޤުބަލުގައި ދެ ޤައުމުގެ މެދުގައި އިތުރަށް ގުޅުން ބަދަހިވެގެންދާނެކަމުގެ އުންމީދު އައު ކުރައްވާކަމުގައި ވިދާޅުވެ، ވާހަކަފުޅުދައްކަވާފައެވެ.

ފަރިއްކޮޅުގެ ކުރިން ދެއްކެވި ވާހަކަފުޅުގައި ރައީސް ޑރ. މުޢިއްޒު ވަނީ އެ މަނިކުފާނުގެ މި ދަތުރުފުޅަކީ ދިވެހިރާއްޖޭގެ އެންމެ މަތީ ވެރިޔަކު އެސްޓޯނިއާއަށް ކުރައްވާ ތާރީޚީ އެންމެ ފުރަތަމަ ދަތުރުފުޅުކަން ފާހަގަކުރައްވާފައެވެ. އެ މަނިކުފާނުގެ ވާހަކަފުޅުގައި މި ދަތުރުފުޅުން ރަމްޒުކޮށްދެނީ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ދެޤައުމުގެ މެދުގައި އޮތް އެއްގޮތް ވިސްނުމާއި އެކަމަށް ދެޤައުމުން ދޭ ސަމާލުކަން ކަމުގައި ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި، ރައީސް ކަރިސްގެ ދުރުވިސްނުންފުޅާއި އިސްނެންގެވުމާއެކު އެސްޓޯނިއާއިން ޑިޖިޓަލް ޓްރާންސްފޮމޭޝަނާއި، އިނޮވޭޝަންގެ ދާއިރާއިން ހޯދާފައިވާ ކުރިއެރުންތަކަކީ ތަޢުރީފު ހައްޤު ކާމިޔާބީތަކެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ.

އެ މަނިކުފާނުގެ ވާހަކަފުޅު ނިންމަވާލައްވާފައިވަނީ ދިވެހިރާއްޖެއާއި އެސްޓޯނިއާއާއި ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމުގެ އަޒުމު އައުކުރައްވަމުންނެވެ. ރައީސްގެ ވާހަކަފުޅުގައި ދެ ޤައުމުވެސް އޮތީ އެކުގައި މަސައްކަތް ކުރުމުގެ އައު ބާބެއްގެ ފެށުމާއި ހަމައިގައި ކަމަށާއި އެ ގުޅުމަކީ އެއް ޤައުމު އަނެއް ޤައުމަށް އިޙުތިރާމުކޮށް، އެއްބައިވަންތަކަމުގެ އަސާސްތަކެއްގެ މައްޗަށް ބިނާވާ، ދެމެހެއްޓެނިވި އުޖާލާ މުސްތަޤުބަލަކަށް މަސައްކަތް ކުރުމުގެ ބާބެއް ކަމުގައި ވިދާޅުވިއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!