ޚަބަރު
ފްލެޓް ލިސްޓުގެ ޞައްޙަކަން ކަށަވަރު ކުރަމުން މިދަނީ، އަމާޒަކީ ރަމަޟާން މަހުގެ ކުރިން ލިސްޓު ގެޒެޓު ކުރުން: ވަޒީރު

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ 4000 ފްލެޓު ލިބޭ މީހުންގެ ލިސްޓުގެ ޞައްޙަކަން ކަށަވަރުކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށާއި، އަމާޒަކީ ރަމަޟާން މަހުގެ ކުރިން ލިސްޓު ގެޒެޓު ކުރުން ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު މިއަދު ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނާ ބައްދަލުކުރެއްވުމެއްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ގިނަ ރައްޔިތުންތަކެއްގެ ކަންބޮޑުވުން ހުރުމާއެކު ފްލެޓް ލިސްޓު ވީހާވެސް އަވަހަށް އާންމުކުރުމަށްޓަކައި، އިތުރު އިވެލުއޭޝަނެއް ހެދުމުގެ ބަދަލުގައި ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ މަޢުލޫމާތުގެ ޞައްޙަކަން ކަށަވަރުކުރުމުގެ މަސައްކަތް ކުރުމަށް ނިންމާފައިވާ ކަމަށެވެ.

“ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުފުޅާ އެއްގޮތަށް، އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ ރަމަޟާން މަހުގެ ކުރިން ލިސްޓު އާންމުކުރުމަށް,” ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، 15 ނޮވެމްބަރު 2023 ގައި ގެޒެޓްކުރެވިފައިވާ ފަރާތްތަކުގެ ލިސްޓުގެ ވެރިފިކޭޝަން ޕްރޮސެސްއެއް ކުރިއަށްގެންދިޔުމަށް ނިންމާފައިވާ ކަމަށެވެ. މި ޕްރޮސެސްގައި ބަލާނީ 26 ޖޫން 2022 ގައި ގެޒެޓްކޮށްފައިވާ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ދޫކުރާ އުސޫލާއި ގެދޮރުވެރިން ޕޯޓަލްގައި ދީފައިވާ އިރުޝާދުތަކާ އެއްގޮތަށްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މާލޭގައި ދިރިއުޅޭތާ 15 އަހަރު ވެފައިވާކަން ސާބިތުކުރުމަށް ހުށަހަޅާފައިވާ ލިޔެކިޔުންތައް ވެރިފައި ކުރެވޭނެ ކަމަށާއި، މެދުކެނޑުމެއްކަމަށް ބަލާނީ އަހަރެއްގެ މުއްދަތަށް މާލެއިން ބޭރުގައި ދިރިއުޅެފައިވާ ފަރާތްތައް ކަމަށްވެސް ވަޒީރު ހާމަކުރެއްވިއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!