ޚަބަރު
ދިގު 6 އަހަރުގެ މެދުކެނޑުމަކަށްފަހު ދިވެހިރާއްޖޭގެއަޑުގެ ޑުރާމާ މުބާރާތް އިފުތިތާހުކޮށްފި، މިއީ އަޑުގެ 7 ވަނަ ޑުރާމާ މުބާރާތް!

ޕަބްލިކް ސަރވިސް މީޑިޔާގެ ދަށުން ހިންގާ ދިވެހިރާއްޖޭގެ އަޑުގެ 7 ވަނަ ރޭޑިޔޯ ޑުރާމާ މުބާރާތް މިއަދު އިފްތިތާޙުކޮށްފިއެވެ. މި މުބާރާތް އިފްތިތާޙުކޮށްދެއްވީ އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހިމެވެ.

މީގެކުރިން “ކުލަވަރު” ނަމުގައި ބާއްވަމުންދިޔަ މި މުބާރާތް މިފަހަރު ބާއްވަނީ “ޕީއެސްއެމް ރޭޑިޔޯ ޑްރާމާ މުބާރާތް” ނަމުގައެވެ. މި މުބާރާތް އެންމެފަހުން ބާއްވާފައި ވަނީ 2018 ވަނަ އަހަރުއެވެ. މިއަހަރުގެ ރަމަޟާން މަހާއި ދިމާކޮށް ގެނެސްދިނުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ދައުލަތުގެ އިދާރާތަކާއި އަމިއްލަ އޮފީސްތަކާއި ޖަމިއްޔާތަކާއި ސްކޫލް، ކޮލެޖް، ޔުނިވަރސިޓީތަކުގެ އިތުރުން ކުންފުނިތަކަށްވެސް ބައިވެރިވެވޭނެއެވެ.

ރަސްމިއްޔާތުގައި ވާހަ ކަދައްކަވަމުން ވަޒީރު އާދަމް ނަޞީރު ވިދާޅުވީ ދިވެހިރާއްޖޭގެ އަޑުގެ ޕްރޮގްރާމްތަކާއި ޑްރާމާތަކަކީ މުޖްތަމަޢުއަށް ފައިދާތަކެއް ކުރާ ކޮންޓެންޓް ތަކެއް ކަމަށެވެ. އަދި މި މުބާރާތަށްވެސް އެފަދަ ޑްރާމާތަކެއް ހުށަހަޅާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ޕީއެސްއެމްގެ ޗެއަރޕާސަން އައިމިނަތު ނަމްޒާ ވިދާޅުވީ ޢާންމުންގެ މަޤުބޫލުކަން ލިބިފައިވާ ޕްރޮގުރާމްތައް ދިވެހިރާއްޖޭގެ އަޑުން އަބަދުވެސް ގެނެސްދޭ ކަމަށެވެ. އަދި މިފަހަރު އަޑުން ގެނެސްދޭ ޑުރާމާ މުބާރާތައްވެސް ޢާންމުންގެ ބޮޑު މަޤުބޫލުކަމެއް ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ނަމްޒާ ވިދާޅުވިއެވެ.

ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ނަޞްރީން ވިދާޅުވީ ރޭޑިޔޯ ޑުރާމާތައް މެދުވެރިކޮށް މުޖުތަމަޢުގައި ހުންނަ ބޮޑެތި މައްސަލަ ހައްލުކުރަން މުހިންމު މެސެޖުތަކެއް ދެވޭކަމަށެވެ. އަދި ރާއްޖޭގައި ހުރި ޒަމާންވީ މައްސަލަތަކާމެދު ރައްޔިތުން ހޭލުންތެރި ކުރެވޭނެ ގޮތަށް މިއަހަރު ހުށައަޅާ ޑުރާމާތައް ބައްޓަންކުރުން މުހިންމުކަމަށް ނަޞްރީން ވިދާޅުވިއެވެ.

މި މުބާރާތުގައި ވާދަ ކުރުމުގެ ހުށެހެޅުމުގެ ސުންގަޑިއަކީ މިމަހުގެ 23 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 3:00 އެވެ. މުބާރާތުން 1 ވަނައަށްދާ ޑުރާމާ އަކަށް 20،000 ރުފިޔާގެ އިނާމެއް ވަނީ ހުށައަޅާފައެވެ. އަދި ދެވަނަ އަށްދާ ޑުރާމާއަކަށް 15،000 ރުފިޔާ، 3 ވަނައަށްދާ ޑުރާމާއަކަށް 10،000 ރުފިޔާ ވަނީ ހުށައަޅާފައެވެ. މި އިނާމުތަކުގެ އިތުރުންވެސް ފާހަގަކޮށްލެވޭ އެހެން ކަންކަމަށްވެސް އިނާމު ދިނުމަށް ހަމަޖެހިފައިވެއެވެ.

މުބާރާތުގައި ބައިވެރިވުމަށް ޕީއެސްއެމް ޓީވީ ބިލްޑިންގެ ކައުންޓަރަށާއި ޕީއެސްއެމްގެ މެއިލްއަށް ސިޓީ ހުށައެޅޭނެއެވެ. އަދި މި މުބާރާތުގެ ގަވާއިދު ޕީއެސްއެމްގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.

ޕީއެސްއެމްގެ ޗެއަރޕާސަން އައިމިނަތު ނަމްޒާ ވިދާޅުވިގޮތުގައި، ރޭޑިޔޯ ޑުރާމާއަކީ އެހުންތެރިންގެ އިޙުސާސްތަކާ ކުޅެލާ ކަހަލަ އުފެއްދުމެކެވެ. އަދި އާދައިގެ ޑުރާމާއެއްގެ އަޑުތަކުން ގެނެސްދޭ އިޙުސާސްތަކަށްވުރެ ރޭޑިޔޯ ޑުރާމާއަކުން ގެންނަ އިހްސާސްތައް މާ އަސަރުގަދަ ކަމަށް ނަމްޒާ ފާހަގަކުރެއްވިއެވެ.

ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ނަޞްރީން ވިދާޅުވީ ޕީއެސްއެމްގެ ކޮންޓެންޓްތައް އިތުރަށް ރަނގަޅުކުރުމަށްޓަކައި ކޮންޓެންޓުތަކުގައި ދިވެހިވަންތަ ގޮތް ހިމެނުމަށްވެސް މަސައްކަތްކުރައްވަމުން ގެންދަވާކަމަށެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!