ޚަބަރު
އެސްޓޯނިއާ އާއި ރާއްޖެ ބައިވެރިވެގެން ކުރެވިދާނޭ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި

އެސްޓޯނިއާގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ލޯރީ ހުއްސާރް ދެއްވި ފަރިއްކޮޅެއްގައި ރައީސް ޑރ. މުޢިއްޒު ބައިވެރިވެވަޑައިގަނެ، ދެ ޤައުމުގެ މެދުގައި ގުޅުން ބަދަހިކުރުމާ ގުޅޭގޮތުންނާއި ދެ ޤައުމުން ބައިވެރިވެގެން ކުރެވިދާނޭ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

ޤާނޫނު ހަދާ މަޖިލިސް “ރިގިކޮގޫ” އަށް ވަޑައިގަތުމުން، ރައީސްއަަށް މަރުޙަބާ ވިދާޅުވީ، އެސްޓޯނިއާގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ލޯރީ ހުއްސާރް އެވެ. މި ތާރީޚީ ޒިޔާރަތުގައި ދެ ބޭފުޅުން ވަނީ ހަނދާނީ ފޮޓޯއެއް ނަންގަވައިފައެވެ. އެއަށްފަހު، ޤާނޫނު ހަދާ މަޖިލީހުގެ މެހުމާނުން ސޮއިކުރައްވާ ފޮތުގައި ރައީސް ސޮއިކުރެއްވިއެވެ.

ރައީސް ވަނީ، ޢާންމު ޚިދުމަތްތައް ހަރުދަނާކުރެއްވުމަށް ޢަޒުމް ކަނޑައަޅުއްވާފައިވާކަން ފާހަގަކުރައްވައި، ދިވެހިރާއްޖެއަށްޓަކައި އެމަނިކުފާނު ގެންގުޅުއްވާ ތަރައްޤީގެ އެޖެންޑާގެ މައްޗަށް އަލިއަޅުވައިލައްވާފައެވެ. އަދި ދެ ޤައުމުން ހިއްސާކުރާ ލަނޑުދަނޑިތައް ޙާޞިލުކުރުމަށް އެކުގައި މަސައްކަތްކުރުމަށް ހުރި ފުރުޞަތުތަކުގެ މައްޗަށްވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.

އީ-ވޯޓިން އާއި މި ނޫންވެސް އީޖާދީ ފަންނިއްޔާތުގެ އުފެއްދުންތަކުގެ ތެރެއިން ޑިޖިޓަލް ގަވަރނަންސްގެ ދާއިރާއިން އެސްޓޯނިއާ ހޯދާފައިވާ ކާމިޔާބީތަކާ ގުޅޭގޮތުން ދެކެވަޑައިގަންނަވާ ގޮތް، ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ލޯރީ ހުއްސާރް ހިއްސާކުރެއްވިއެވެ.

މަޝްވަރާތައް ނިންމަވާލައްވާފައިވަނީ، ބައިނަލްއަޤުވަމީ ސުލްޙަ މަސަލަސްކަމާއި ސަލާމަތާ ގުޅޭގޮތުން ދެ ޤައުމުން ހިއްސާކުރާ ކަންބޮޑުވުންތައް ފާހަގަކުރައްވައި، ބައިނަލްއަޤުވާމީ މައިދާނުގައި ދެ ޤައުމު އެކުގައި މަސައްކަތްކުރުމުގެ ޢަޒުމު އައުކުރައްވަމުންނެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!