ޚަބަރު
ރައީސް ޑރ މުޢިއްޒު، އެސްޓޯނިއާގެ ޓާރްޓޫ ސިޓީއަށް ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އެސްޓޯނިއާގެ ޓާރްޓޫ ސިޓީއަށް މިއަދު ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ، އެސްޓޯނިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރޭގައި ހިމެނިގެން އެޤައުމުގެ ޓާރްޓޫ ސިޓީއަށް ވަޑައިގަތުމުން އެ މަނިކުފާނަށް މަރްޙަބާ ވިދާޅުވީ އެ ސިޓީގެ މޭޔަރ، މިސްޓަރ އަރްމަސް ކްލާސްއެވެ. ޓާރްޓޫ ސިޓީގެ މޭޔަރ، މިސްޓަރ އަރްމަސް ކްލާސް ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، ޓައުން ހޯލް ސްކޮޔަރއަށް ޒިޔާރަތްކުރައްވައި، އެތަނުގެ ތާރީޚީ މުހިންމުކަމާ ބެހޭގޮތުން ވަރަށް އަގުހުރި މަޢުލޫމާތުތަކެއް ޙިއްސާކުރައްވާފައެވެ. މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މެހެމާނުން ސޮއި ކުރައްވާ ފޮތުގައި ސޮއި ކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އެސްޓޯނިއާގެ ޓާރްޓޫ ސިޓީއަށްވަޑައިގެންނެވުން /ފޮޓޯ:ރައީސް އޮފީސް

ޓާރްޓޫ ސިޓީއަކީ އެސްޓޯނިއާގެ ދެވަނައަށް އެންމެ ބޮޑު ސިޓީއެވެ. ޓާޓޫ ޓައުން ހޯލަކީ ވިޔަފާރީގެ އިތުރުން މީހުން އާބާދުވެފައިވާ މައިގަނޑު ސަރަޙައްދުވެސްމެއެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ޒިޔާރަތުގައި ޔުނިވަރސިޓީ އޮފް ޓާރްޓޫއާއި، އެސްޓޯނިއަން ބަޔޯބޭންކާއި، އެސްޓޯނިއަން ނޭޝަނަލް މިއުޒިއަމް (އީ.އާރު.އެމް) އަށް ޒިޔާރަތްކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާ އެސްޓޯނިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅަކީ އެސްޓޯނިއާގެ ރައީސް، ޑޮކްޓަރ އަލާރް ކަރިސްގެ ދަޢުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!