ޚަބަރު
މިދިޔަ އަހަރުގެ އޮކްޓޫބަރު އަދި ނޮވެމްބަރުގައި ހެދި އޭލެވެލް އިމްތިހާނުގެ ނަތީޖާ ދޫކުރަން ފަށައިފި

މިދިޔަ އަހަރުގެ އޮކްޓޫބަރު އަދި ނޮވެމްބަރު މަހު ބޭއްވުނު އޭލެވެލް އިމްތިހާނުގެ ނަތީޖާ މިއަދު ދޫކުރަން ފަށައިފިއެވެ. ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަނުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ދަރިވަރުންނަށް ނަތީޖާ ލިބޭނީ އެ ދަރިވަރަކު އިމްތިހާނު ހެދި ސެންޓަރަކުންނެވެ. އަދި އަމިއްލަ ގޮތުން އިމްތިހާނުގައި ބައިވެރިވި ދަރިވަރުންގެ ނަތީޖާ ދޫކުރާނީ ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަނުންނެވެ.

ނަތީޖާ ދޫކުރުމުގެ މަސައްކަތް ކުރިއަށްދާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން މެންދުރު 13:30 އަށް ކަމަށް އެ އިދާރާއިން ހާމަކުރެއްވިއެވެ.

ތަޢުލީމާ ބެހޭ ވުޒާރާއިން ދެއްވާފައިވާ މަޢުލޫމާތުގައިވާ ގޮތުން، މިދިޔަ އަހަރު ބޭއްވުނު އޭލެވެލް އިމްތިހާނުގައި 3900 ދަރިވަރުން ބައިވެރިވެފައިވެއެވެ. މި އިމްތިހާނުތައް ކުރިއަށް ގެންގޮސްފައިވަނީ ރާއްޖޭގެ 47 ސެންޓަރެއްގައެވެ.

މީގެ އިތުރުން، ތަޢުލީމާ ބެހޭ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢު ވިދާޅުވެފައިވަނީ ރާއްޖޭގެ 23 ސްކޫލެއްގައި އޯލެވެލް ނިންމާ ހުރިހާ ދަރިވަރުންނަށް މަތީ ސާނަވީއަށް ކިޔެވުމުގެ ފުރުސަތު ދިނުމަށް ނިންމާފައިވާ ކަމަށެވެ. މިގޮތުން، 2 މާއްދާއިން ފާސްވާ ދަރިވަރުންނަށްވެސް މަތީ ސާނަވީއަށް ކިޔެވުމުގެ ފުރުސަތު ލިބޭނެއެވެ. އަދި ސްކޫލްތަކުގައި ޖާގަ އޮތް މިންވަރަކުން އެއް މާއްދާއިން ފާސްވާ ދަރިވަރުންނަށްވެސް އެ ފުރުސަތު ލިބޭނެ ކަމަށް ވަޒީރު ވަނީ ހާމަކުރައްވާފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!