ޚަބަރު
މިދައުރު ތެރޭގައި ތަޢުލީމީ އަދި ޞިއްހީ ދާއިރާ ޑިޖިޓަލްކުރާނަން, އަމާޒަކީ ޕަބްލިކް ސަރވިސް އެއްކޮށް ޑިޖިޓަލައިޒް ކުރުން: ރައީސް

މި ދައުރުގެ ތެރޭގައި ތަޢުލީމީ ދާއިރާއާއި ޞިއްޙީ ދާއިރާ އެއްކޮށް ޑިޖިޓަލްކުރައްވާނެ ކަމަށާއި އަމާޒަކީ މުޅި ޕަބްލިކް ސަރވިސް އެއްކޮށް ޑިޖިޓަލައިޒް ކުރެއްވުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ އެމަނިކުފާނު އެސްޓޯނިއާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާ ފުރާވަޑައިގަތުމުގެ ކުރިން ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައެވެ.

ރައީސް މުޢިއްޒު ވިދާޅުވީ، އެމަނިކުފާނުގެ އަމާޒަކީ ރާއްޖޭގެ ޕަބްލިކް ސަރވިސް އެއްކޮށް ޑިޖިޓަލައިޒްކުރުން ކަމަށާއި، ރާއްޖޭގައި އެތައް އަހަރެއްގައި ކަރުދާހުން ހުރި އާކައިވް ޑިޖިޓަލައިޒް ކުރެވި ޑިޖިޓަލް އަރކައިވްއަކަށް ބަދަލުކުރުމަށް ބޭނުންފުޅުވާ ކަމަށެވެ. އަދި 2040 އާ ހަމައަށް ދާއިރު ދިވެހިރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށްޓަކައި ޑިޖިޓަލައިޒޭޝަން ވަރަށް މުހިންމު ދައުރެއް އަދާކުރާނެ ކަމަށް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި ޤައުމުގެ ޖީޑީޕީގެ މަދުވެގެން 15 އިންސައްތަ ޑިޖިޓަލް އިކޮނޮމީން ހިއްސާކުރާނެ ކަމަށް ކަނޑައަޅުއްވާފައިވާ ކަމަށެވެ. އަދި އަރޓިފިޝަލް އިންޓެލިޖެންސްގެ މުހިންމުކަން ފާހަގަކުރައްވައި، ރާއްޖޭގައިވެސް އޭއައި މާސްޓަރ ޕްލޭނެއް ހަދައި، ޤައުމު ތަރައްޤީ ކުރުމުގައި އޭއައި މުހިންމު ދައުރެއް އަދާކުރާނެ ކަމަށް ވިދާޅުވިއެވެ.

ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ، ކުރިއަށް އޮތް 3-4 އަހަރު ތެރޭގައި ސަރުކާރުގެ ހުރިހާ ޚިދުމަތްތަކެއް، ޕަބްލިކް ސަރވިސްގެ ހުރިހާ ކަމެއް، ތައުލީމީ ދާއިރާ އަދި ސިއްޙީ ދާއިރާ އެއްކޮށް ޑިޖިޓަލައިޒް ކުރައްވާނެ ކަމަށެވެ. މި މަސައްކަތުގައި ދިވެހި ރައްޔިތުންނާއި މުވައްޒަފުންގެ އެއްބާރުލުން ލިބޭނެ ކަމުގެ ޔަޤީންކަން ފާޅުކުރެއްވިއެވެ.

ރައީސް މުޢިއްޒު ވިދާޅުވީ، އެސްޓޯނިއާއިން ކުރިއަށް އޮތްތަނުގައި ރާއްޖެއަށް އެހީތެރިކަން ލިބޭނެކަމުގެ ޔަޤީންކަން ދީފައިވާ ކަމަށާއި، މިއީ ޤައުމު ބޭނުންވާ މިސްރާބަށް ގެންދިއުމަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި ޚާއްޞަކޮށް ޞިއްޙީ ދާއިރާއާއި ތަޢުލީމީ ދާއިރާގައި އެސްޓޯނިއާގެ ކާމިޔާބީތަކުން އިބުރަތް ލިބިގެންދިޔަ ކަމަށްވެސް ވިދާޅުވިއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!