ޚަބަރު
އެސްޓޯނިއާ ދަތުރު؛ ތާރީހީ ދަތުރެއް، ރާއްޖެ ޑިޖިޓަލައިޒްޑް ޤައުމަކަށް ހެދުމަށް ކުރެވޭ މަސައްކަތަށް ބޮޑު ކާމިޔާބީއެއް: ރައީސް

އެސްޓޯނިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ސަބަބުން ރާއްޖެ ޑިޖިޓަލައިޒްކުރުމުގެ މަސައްކަތުގައި ބޮޑު ކުރިއެރުމެއް ލިބިއްޖެކަމަށާއި އަދި މިއީ ނުހަނު ތާރީހީ ދަތުރުފުޅެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުޢިއްޒު މިހެން ވިދާޅުވެފައިވަނީ އެސްޓޯނިއާއަށް ކުރެއްވި ދަތުރުފުޅާ ގުޅޭގޮތުން ދައުލަތުގެ މީޑިއާއަށް ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައެވެ. އެމަނިކުފާނު ވިދާޅުވީ މިއީ ރާއްޖޭގެ ރައީސަކު އެސްޓޯނިއާއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުކަމަށާއި، މިއީ ތާރީޚީ ދަތުރުފުޅެއްކަމަށެވެ.

“ޑިޖިޓަލައިޒޭޝަން ދާއިރާއިން އެންމެ ކުރިއަރާފައިވާ ޤައުމުން އެކަން ކުރަމުންދާ ގޮތް އެނގިގެން ދިޔައީމަ މިދަތުރުފުޅު ކާމިޔާބުވީ،” ރައީސް މުޢިއްޒު ވިދާޅުވިއެވެ. އަދި އެމަނިކުފާނުގެ މެނިފެސްޓޯގައިވާ ރާއްޖެ ޑިޖިޓަލައިޒްކުރުމުގެ ވިޝަން ހާސިލުކުރުމަށް، އެސްޓޯނިއާގެ ތަޖުރިބާއިން އެހީތެރިކަން ލިބިގެންދިޔަކަމަށް ވިދާޅުވިއެވެ.

މި ދަތުރުފުޅުގައި ރައީސް މުޢިއްޒު ވަނީ އެސްޓޯނިއާގެ ރައީސާއި ބައްދަލުކުރައްވާ، އެޤައުމުގެ ރަސްމީ އިދާރާތަކާއެކު މަޝްވަރާކުރައްވާފައެވެ. މީގެ އިތުރުން، ތިން ދާއިރާއަކުން އެމްއޯޔޫތަކެއްގައި ސޮއިކުރެއްވިކަމަށް ރައީސް ވިދާޅުވިއެވެ. އޭގެ ތެރޭގައި ތިމާވެށީގެ ދާއިރާއިން ވެވުނު އެއްބަސްވުމެއްވެސް ހިމެނެއެވެ.

“ޑިޖިޓަލައިޒޭޝަނާ ބެހޭ ހުރިހާ ކަމެއް މިގައުމުގައި މިވޭތުވެދިޔަ އަހަރުތަކުގައި ކިހިނެއްކަން ކާމިޔާބުކަމާއެކީގައި ހާސިލްކޮށްފައިވަނީ. އަދި ދިމާވި އެކިކަހަލަ ދަތިތަކާއި އެކަންކަމުން އަރައިގަތުމަށް ކަންކަން ކުރިގޮތާއި، އެހެންދާއިރާތަކުންވެސް ކުރިއެރުން ހޯދާފައިވާގޮތް ވަރަށް ރަނގަޅަށް އޮޅުން ފިލައިގެންދިޔަ،” ރައީސް މުޢިއްޒު ވިދާޅުވިއެވެ.

މި ދަތުރުފުޅުގައި ރައީސް މުޢިއްޒު ވަނީ އެސްޓޯނިއާގެ ތިމާވެއްޓާއި ސިއްޙީ އަދި ތަޢުލީމީ ވަޒީރުންނާވެސް ބައްދަލުކުރައްވާފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!