ޚަބަރު
އެސްޓޯނިއާގެ ހާމަކަން ބޮޑު ހިންގުމުގެ ނިޒާމުން ގިނަ ފިލާވަޅުތަކެއް ލިބުނު: ރައީސް

އެސްޓޯނިއާގެ ހާމަކަން ބޮޑު ހިންގުމުގެ ނިޒާމުގައި އެޤައުމުން ހޯދާފައިވާ ކާމިޔާބީތަކުން ރާއްޖެއަށް ފިލާވަޅުތަކެއް ލިބިވަޑައިގެންނެވި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެސްޓޯނިއާގެ ވެރިރަށް ޓަލިންއިން ފުރާވަޑައިގަންނަވަމުން މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުޢިއްޒު ވިދާޅުވީ، މި ދަތުރުފުޅުގެ ތެރެއިން ލިބުނު ކުރިއެރުންތަކަކީ އުއްމީދީ ކުރިއެރުންތަކެއް ކަމަށެވެ. އަދި އެސްޓޯނިއާގެ ރައީސް ޑރ. އަލާރް ކަރިސް އާއި އެޤައުމުގެ ސަރުކާރާއި ރައްޔިތުން އެމަނިކުފާނާއި ރާއްޖޭގެ ވަފުދަށް ދެއްވި ހޫނު މަރުހަބާއަށާއި، އަދާކުރެއްވި މެހެމާންދާރީއަށް ޝުކުރު އަދާކުރެއްވިއެވެ.

ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ، މި ދަތުރުފުޅާއެކު ޚާރިޖީ ގުޅުންތަކުގެ އައު ޒަމާނެއް ފެށިގެންގޮސްފައިވާ ކަމަށެވެ. މި ދަތުރުފުޅުގެ ތެރެއިން ބޭއްވުނު ބައްދަލުވުންތަކާއި ދެ ޤައުމުގެ ދެމެދު ސޮއިކުރެވުނު ފަހުމުނާމާތަކުން މިކަން ކަށަވަރުވެގެންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ފަންނިއްޔާތުގެ ދާއިރާއިންނާއި، ތިމާވެށީގެ ދާއިރާއިންނާއި ސިޔާސީ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ފަހުމުނާމާތަކުގައި ސޮއިކުރެވުނެވެ.

އެސްޓޯނިއާއަކީ ފަންނިއްޔާތުގެ ދާއިރާގައި ދުނިޔޭގައިވެސް އެންމެ ބޮޑަށް ކުރިއަރާފައިވާ ޤައުމުތަކުގެ ތެރެއިން ޤައުމެއްކަން ފާހަގަކުރައްވާ ރައީސް މުޢިއްޒު ވިދާޅުވީ، މިއީ ހަރުދަނާ އަދި ދެފުށް ފެންނަ ހިންގުމުގެ ނިޒާމުގައި އެސްޓޯނިއާއިން ހޯދާފައިވާ ކުރިއެރުންތަކެއް ކަމަށެވެ. އަދި މިކަންކަމުން ރާއްޖެއަށް ގިނަ ފިލާވަޅުތަކެއް ދަސްކުރުމުގެ ފުރުސަތު ލިބުނު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ، ރާއްޖޭގެ ފަންނިއްޔާތުގެ ދާއިރާ ކުރިއެރުވުމަކީ އެމަނިކުފާނުގެ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށާއި، މި ދަތުރުފުޅުގެ އެންމެ މުހިންމު އެއް ބަޔަކީވެސް އެކަން ކަމަށެވެ.

ރައީސް ޑރ މުއިއްޒު އެސްޓޯނިއާ ދަތުރުފުޅުގެ ތެރެއިން / ފޮޓޯ: ރައީސް އޮފީސް

މި ދަތުރުފުޅަކީ އެސްޓޯނިއާގެ ރައީސް ޑރ. އަލާރް ކަރިސްގެ ދަޢުވަތަކަށް ކުރެއްވި ރަސްމީ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގެ ތެރެރުފުޅުގެ ތެރެއިން އެސްޓޯނިއާގެ ސަރުކާރުގެ އިސް ފަރާތްތަކާއި އެ ޤައުމުގެ އިޖާދީ ފަންނިއްޔާތުގެ ދާއިރާ ރައީސުލްޖުމްހޫރިއްޔާ ވަނީ ބައްލަވާލައްވާފައެވެ

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!