ޔަހޫދީ ފައުޖުން ޣައްޒާގައި ޢުދުވާން ފެށީ 2023 އޮކްޓޫބަރު 7 ވަނަ ދުވަހުއެވެ. މި ޢުދުވާން ފެށުނީ ޙަމާސް ޖަމާޢަތުގެ މުޖާހިދުން ޒަޔަނިސްޓުންނަށް އަމާޒުކޮށް ޖިހާދީ ޙަމަލާތަކެއް ދިނުމާ ގުޅިގެންނެވެ. އެ ދުވަހު ޙަމާސުން ވަނީ 250އެއްހާ މީހުން ރަހީނުކޮށްފައެވެ.
ޙަމާސް ޖަމާޢަތާއި ޔަހޫދީންނާ ދެމެދު އެއްބަސްވުމަކަށް އާދެވުނު ކަން އިޢުލާނު ކުރެވުނީ ޖަނަވަރީ 15 ވަނަ ދުވަހުއެވެ. ނަމަވެއެވެ. ނަމަވެސް، އެއްބަސްވުން ތަންފީޒު ކުރުމުގައި ލަސްތަކެއް ދިމާވިއެވެ. ޔަހޫދީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އިދާރާއިން ވަނީ، އެއްބަސްވުމުގެ ދަށުން މިނިވަން ކުރާނެ އަސީރުންގެ ނަންތައް ފޯރުކޮށްދިނުމަށް ޙަމާސަށް އަންގާފައެވެ.
އެއްބަސްވުމަށް ޢަމަލު ކުރަން ފެށުމާއެކު، ޙަމާސުން ރަހީނު ކޮށްފައިވާ އަސީރުންގެ ތެރެއިން ތިން މީހުން ރެޑް ކްރޮސާ ޙަވާލުކޮށް މިނިވަން ކުރުމަށް ވަނީ ނިންމާފައެވެ. މި އެއްބަސްވުމުގެ ދަށުން ޔަހޫދީންގެ ޢުދުވާންތައް މެދުކަނޑައިލާނީ ހަ ހަފުތާގެ މުއްދަތަކަށެވެ. މި މުއްދަތުގައި ޙަމާސުން 33 އަސީރުން މިނިވަން ކުރާނެއެވެ. އަދި ޔަހޫދީން 2,000 ފަލަސްޠީނު ރައްޔިތުން މިނިވަން ކުރަން ޖެހޭނެއެވެ.
ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ޢުދުވާނުގައި މިހާތަނަށް 46,899 މީހުން ޝަހީދުވެފައިވެއެވެ. މީގެ ތެރޭގައި 17,000އެއްހާ ކުޑަކުދިން ހިމެނެއެވެ. އަދި 110,725 މީހުން ޒަޚަމުވެފައިވާ ކަމަށް ވަނީ ރިޕޯޓުކުރެވިފައެވެ.

