ޚަބަރު
ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރަށް އަނިޔާކުރި ބިދޭސީ ޓީޗަރު ދޫކޮށްލައިފި

ހާއްސަ އެހީއަށް ބޭނުންވާ ކަލާފާނު ސްކޫލުގެ ދަރިވަރަށް އަނިޔާކުރި ބިދޭސީ ޓީޗަރު ކޯޓު އަމުރެއްގެ ދަށުން ދޫކޮށްލައިފިއެވެ. ކޯޓު އަމުރުގެ ދަށުން އޭނާ ދޫކޮށްލައިފައިވަނީ އިއްޔެގައެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި ޓީޗަރު ދޫކޮށްލީ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކަމަށެވެ.

މި ހާދިސާގައި ބިދޭސީ ޓީޗަރުވަނީ ނުކުޅެދުންތެރި ކަން ހުރި ކުއްޖާ ގޮނޑިއެއްގައި ބަނދެ އަނިޔާކޮށްފައެވެ. އަދި މި މައްސަލައިގައި ވަރަށް ގިނަ ބެލެނިވެރިން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

މި ހާދިސާއާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވަމުން ތަޢުލީމާ ބެހޭ ވަޒީރު ޑރ. އިސްމާޢިލް ޝަފީއު ވިދާޅުވީ ދަރިވަރުންނަށް މިފަދަ އަނިޔާ ދިނުމަކީ ބަލައި ގަންނާނެ ކަމެއް ނޫން ކަމަށެވެ. އަދި މިފަދަ މައްސަލަތައް އެ ވުޒާރާގެ ފަރާތުން ޒިންމާދާރުކަމާއެކު ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައި ތަކުރާރު ނުވާނޭހެން ފިޔަވަޅު އަޅުއްވަމުންގެންދަވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މީގެއިތުރުން، ވަޒީރު ވަނީ ޒިންމާދާރުކަމާއެކު ދަރިވަރުންގެ ހައްގުތައް ހިމާޔަތްކޮށް އުފާވެރި އަމާން މާހައުލެއްގައި ދަރިވަރުން ތައުލީމު ހާސިލްކުރުމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް ޓީޗަރުންނަށް އިލްތިމާސް ކުރައްވާފައެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!