ޚަބަރު
އައްޑޫ ސިޓީ ހިތަދޫގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

އައްޑޫ ސިޓީ ހިތަދޫގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

މި ހާދިސާ ހިނގައިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިއަދު ހެނދުނު 09:30 އެހައިކަންހާއިރުކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލަކު ‘ހުވަދޫ’ މީޑިއާ އަށް މައުލޫމާތު ދިނެވެ.

ފުލުހުން އިތުރަށް ވިދާޅުވީ، އަލިފާނުގެ ހާދިސާ ހިނގާފައިވަނީ މީހުން ދިރިއުޅޭ ގެއެއްގައި ކަމަށްވީނަމަވެސް މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައިނުވާ ކަމަށެވެ. އެހެންނަމަވެސް އަލިފާން ރޯވި ތަން ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައި ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.

ހިތަދޫ މީހަކު މީޑިއާއަކަށް މައުލޫމާތު ދިން ގޮތުގައި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ “ގުލްކަނދުގެ” ނަމަކަށް ކިޔާ ގެއެއްގައި ކަމަށާއި، އަލިފާނުގެ ހާދިސާގައި އެގެއަށް ބޮޑެތި ގެއްލުން ލިބިފައިވާ ކަމަށެވެ. އެގޮތުން އެ ގޭގެ ސިޓިންރޫމްގައި ހުރި ހުރިހާ ތަކެއްޗެއް ބޭނުން ނުކުރެވޭ ވަރަށް ހަލާކު ވެފައިވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

އޭނާ ބުނި ގޮތުގައި އަލިފާން ރޯވާން ދިމާވީ، ކަރަންޓް މައްސަލައެއް ދިމާވެގެން ކަމަށް ލަފާ ކުރެވެއެވެ.

މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއްވި ކަމުގެ މައުލޫމާތެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.

ފުލުހުން ދަނީ މި ހާދިސާ އިތުރަށް ތަހުގީގު ކުރަމުންނެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!