ޚަބަރު
ރާއްޖޭގެ އާބާދީގެ 70 ޕަސެންޓް މިހާރު އީފާސް ބޭނުންކުރޭ، އިތުރު ފީޗާތަކާއެކު އަޕްގްރޭޑް ކުރަން ނިންމައިފި

ރާއްޖޭގެ އާބާދީގެ 70 ޕަސެންޓް މިހާރު އީފާސް ބޭނުންކުރާ ކަމަށާއި އިތުރު ފީޗާތަކާއެކު އީފާސް އަޕްގްރޭޑް ކުރަން ނިންމާފައިވާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. މުހައްމަދު ކިނާނަތު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާގެ “ރާއްޖެ މިއަދު” ޕްރޮގްރާމަށް ރޭ ދެއްވި އިންޓަވިއުއެއްގައި ކިނާނަތު ވިދާޅުވީ، ރާއްޖޭގައި އީފާސް ރަޖިސްޓްރޭޝަންގައި 2 ލައްކަ 40 ހާސް މީހުން ހިމެނޭ ކަމަށެވެ. މިއީ 10 އަހަރުން ދަށުގެ ކުދިން ނުހިމަނައި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

“ޕަސަންޓޭޖަކަށް ދަންނަވަނީ ނަމަ އާބާދީގެ 70 ޕަސަންޓު އޮތީ އީފާހަށް ރަޖިސްޓަރީ ކޮށްފަ. ބޮޑަށް ބޭނުންވަނީ އެސްޓޯނިޔާ ގޮތަށް. އެސްޓޯނިޔާގައި 99 ޕަސަންޓު ޑިޖިޓަލް އައިޑީ ބޭނުންކުރޭ. އެހެންވީމަ ރާއްޖޭގައިވެސް މި 70 ޕަސަންޓު 90 ނޫނީ 100 އަށް ވެގެންދިއުން.” ކިނާނަތު ވިދާޅުވިއެވެ.

މީގެ ދެ އަހަރުކުރިން 40ަރުކުރިން 40 ޕަސެންޓުގެ މީހުން އީފާސް ބޭނުން ކުރި ނަމަވެސް ފާއިތުވި ދެ އަހަރު ތެރޭގައި މި އަދަދު 70 ޕަސަންޓަށް އިތުރުވެފައިވާ ކަމަށް ސްޓޭޓް މިނިސްޓަރު ހާމަކުރެއްވިއެވެ. އަދި އީފާސްގެ މޯބައިލް އެޕްލިކޭޝަން ބޭނުންކުރާ މީހުންގެ އަދަދު 1،60،700 (އެއްލައްކަ ފަސްދޮޅަސް ހަތް ހާސް) އަށް އަރާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިތުރު ފީޗަރތަކާއެކު އީފާސް 2.0 ރިލީސް ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ބުނެ، ކިނާނަތު ވިދާޅުވީ “އީފާސްގެ އެހެން ވާޝަނެއް ނުވަތަ އަޕްގްރޭޑް ވާޝަނެއް ނެރުމުގެ މަސައްކަތްވެސް ކުރިޔަށް އެބަގެންދަން. މިހާރު އެބަ ރާވަން އީފާސް 2.0 ރިލީސް ކުރަން. އެއީ މިހާރު ހުރި އީފާހަށްވުރެ އިތުރު ފީޗާސްތައް ލާފަ މިނެރެނީ.”

މީގެއިތުރުން، އީފާސްއަށް އިންޓަގްރޭޓްވެފައިވާ ކުންފުނިތަކުގެ އަދަދުވެސް އިތުރުވަމުންދާ ކަމަށް ކިނާނަތު ފާހަގަކުރެއްވިއެވެ. މިގޮތުން މޯލްޑިވްސް އިސްލާމިކް ބޭންކުގެ އެކައުންޓް ހުޅުވުމަށާއި، ހޮސްޕިޓަލްތަކުގެ މެޑިކަލް ރެކޯޑުތަކަށް އެކްސެސް ވުމަށް އަދި ޑޮމެސްޓިކް ޓްރެވަލްގައި އައިޑީކާޑުގެ ބަދަލުގައިވެސް އީފާސް މެދުވެރިކޮށް އަންނަނީ ބޭނުންކުރަމުންނެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!