ޚަބަރު
މަޝްހޫރުފުޓުބޯޅަ ކްލަބް ރެއާލްމެޑްރިޑްގެ ޑިފެންޑަރ ޑެނީ ކާވަހާލް، ޗުއްޓީގެ އުފާ ލިބިގަންނަން އައީ ރާއްޖެއަށް!

ދުނިޔޭގެ އެންމެ މަޝްހޫރު އެއް ފުޓުބޯޅަ ކްލަބް ކަމަށްވާ ރެއާލް މެޑްރިޑުން އެކުލަބުގެ ޑިފެންޑަރު ޑެނީ ކާވަހާލް، ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާ ކަމަށް ހާމަކޮށްފިއެވެ. މިކަން ހާމަވެފައިވަނީ އިއްޔެ ރެއާލްމެޑްރިޑްގެ ފޭސްބުކް ޕޭޖުގައި ޝާއިޢުކުރި ފޮޓޯއަކުންނެވެ.

އެކްލަބުން ޝާއިޢު ކޮށްފައިވާ، 7ހާހަށްވުރެ ގިނަ މީހުންގެ ސަމާލުކަން ދިންކަން ހާމަވާ އެ ފޮޓޯގައި ކާވަހާލް ފެންނަނީ ރާއްޖޭގެ ރީތި އަމާން، ހިތްގައިމު ބީޗެއްގައި ހުރި ސަރަންފީއެއް އިށީނދެ އިންތަނެވެ. ކާވަހާލްގެ ގިނަ ސަޕޯޓަރުން މިތަސްވީރަށް ކޮމެންޓްކޮށް، އުފާވެރި ޗުއްޓީއެއް އެދިފައިވާއިރު ސޯޝަލްމީޑިިއާގައި މިހާރު މިފޮޓޯދަނީ އެތައް ބައެއްގެ ސަމާލުކަން ހޯދަމުންނެވެ.

މިދިޔަ އަހަރުގެ އޮގަސްޓް މަހު ސްޕެނިޝް ލީގުގައި ވިޔަރެއާލާ ދެކޮޅަށް ކުޅުނު މެޗެއްގައި ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން މިވަގުތު ކާވަހާލް ހުރީ އެއަނިޔާއަށް ރެސްޓުދީފައެވެ، އޭނާގެ ކަކުލުގެ އޭސީއެލްއަށް ލިބުނު އަނިޔާއާ ގުޅިގެން އޮޕަރޭޝަނެއްވެސް ކުރަންޖެހުނެވެ.

31 އަހަރުގެ ކާވަހާލް ވަނީ 2012 އާއި 2013 ވަނަ އަހަރު ރެއާލް މެޑްރިޑްގެ ބީ ޓީމަށް ކުޅުމުގެ އިތުރުން ބަޔާ ލެވަކޫސަންއަށްވެސް ކުޅެފައެވެ. އަދި 2013 ވަނަ އަހަރުން ފެށިގެން ރެއާލް މެޑްރިޑްގެ މައި ޓީމުގައި ކުޅެމުން އަންނަ ކާވަހާލްއަކީ ސްޕެއިންގެ ގައުމީ ޓީމުގެ ޑިފެންޑަރެއްވެސް މެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!