ޚަބަރު
މަސް އެކްސްޕޯޓު ކުރުމުގައި ދިމާވާ ގޮންޖެހުންތައް ހައްލުކުރުމު މަސްވެރިކަމާ ބެހޭ ވުޒާރާގައި މިފްކޯ، އެމްޕީއެލް އަދި އެމްއެސްއެސްގެ އިސްވެރިންގެ ބައްދަލުވުމެއް!

މިފްކޯއިން ރާއްޖެއިން ބޭރަށް މަސް އެކްސްޕޯޓު ކުރުމުގައި ދިމާވާ ގޮންޖެހުންތައް ހައްލުކުރުމަށްޓަކައި މަސްވެރިކަމާ ބެހޭ ވުޒާރާގައި މިއަދު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ. މި ބައްދަލުވުމުގައި މިފްކޯގެ އިތުރުން، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަދި މޯލްޑިވްސް ސްޓޭޓް ޝިޕިންގ (އެމްއެސްއެސް) ގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި މިފްކޯގެ ސީއީއޯ ޑރ. ވިތާލީ ލުބިމޮފް، އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ވަޖީހު އިބްރާހިމް އަދި އެމްއެސްއެސްގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަރީފް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި މިފްކޯއިން ފާހަގަކުރި މައިގަނޑު ކަންތައްތަކުގެ ތެރޭގައި، އެކުންފުނިން އެކްސްޕޯޓު އޮޕަރޭޝަން މިހާރަށްވުރެ ބޮޑަށް ފުޅާކުރަން ބޭނުންވާކަމާއި، އެމްޕީއެލް ބަނދަރުގައި ރީފަރ ކޮންޓެއިނަރ ބެހެއްޓުމަށް ޖާގައިގެ ދަތިކަން ހުރިކަން ހިމެނެއެވެ. މިފްކޯއަކީ ރާއްޖޭގެ ބޭންކިންގ ނިޒާމަށް ޑް ޑޮލަރު ވައްދާ މައި ކުންފުންޏަށް ވެފައިވާތީ، އެކްސްޕޯޓު އޮޕަރޭޝަން ފުޅާކުރުމަށް އަވަސް ހައްލެއް ބޭނުންވާކަން ވެސް ފާހަގަކުރެވުނެވެ.

ދާއިމީ ހައްލެއްގެ ގޮތުން މިފްކޯގެ އަމިއްލަ ބަނދަރުތަކުން މަސް އެކްސްޕޯޓު ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ވަނީ ހުށަހަޅާފައެވެ. މިކަމަށް އެމްޕީއެލް، ކަސްޓަމްސް އަދި އެމްޓީސީސީގެ އެހީތެރިކަން ބޭނުންވާކަން ވެސް ފާހަގަކުރެވުނެވެ.

މިހާރު މަސް އެކްސްޕޯޓު ކުރުމުގެ އޮޕަރޭޝަން ކުރިއަށްދަނީ އެމްއެސްއެސްގެ ފީޑަރ ބޯޓުތައް މެދުވެރިކޮށެވެ. މިވަގުތު އެންމެ ގިނައިން މަސް އެކްސްޕޯޓު ކުރެވެނީ ތައިލެންޑާއި އިނގިރޭސިވިލާތަށެވެ. އަދި ޗައިނާ-ރާއްޖެ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ޗައިނާގެ ބާޒާރަށް ޑިއުޓީ ނުލައި މަސް އެކްސްޕޯޓުޯޓު ކުރުމުގެ ފުރުސަތު ލިބި، މަސްވެރިކަމުގެ ސިނާޢަތުން ލިބޭ އާމްދަނީ އިތުރުވާނެކަމަށް ބެލެވެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!