ޚަބަރު
އެންމެ ގިނަ މެމްބަރުން ތިބި ޕާޓީއަކަށް ޕީއެންސީ، 70،000 ގާތްކުރޭ!

ވެރިކަންކުރާ ޕީޕަލް ނެޝަނަލް ކޮންގްރެސް ( ޕީއެންސީ ) ގެ މެމްބަރުންގެ އަދަދު 70،000 އާއި ގާތްކޮށްފިއެވެ.

މިދިޔަ ޑިސެމްބަރު 31 އާ ހަމައަށް އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓުގައި ހިމަނާފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން ޕީއެންސީގައި މިވަގުތު 68،968 މެންބަރުން އެބަ ތިއްބެވެ.

މިދިޔަ އަހަރު ފެށިއިރު 28،201 މެމްބަރުން ތިބި ޕީއެންސީން ވަނީ އެ ޕާޓީ އަށް މެންބަރުން އިތުރު ކުރުމަށް މިދިޔަ އަހަރެއްހާ ދުވަސް ތެރޭގައި ގިނަ ހަރަކާތްތަކެއް ހިންގައިފަ އެވެ.

ދެ ވަނައަށް މިވަގުތު އެންމެ ގިނަ މެންބަރުން ތިބީ އިދިކޮޅު އެމްޑީޕީގަ އެވެ. މީގެ ކުރިން އެންމެ ގިނަ މެންބަރުން ތިބި ޕާޓީގެ ގޮތުގައި އޮތް އެމްޑީޕީގައި މިހާރު ތިބި މެމްބަރުންގެ އަދަދަކީ 43،755 އެވެ. އެކަމަކު، މިދިޔަ އަހަރު ފެށިއިރު އެ ޕާޓީގައި 52،142 މެމްބަރުންނެވެ.

ތިން ވަނަ އަށް އެންމެ ބޮޑު ޕާޓީ ކަމަށްވާ ޖުމްހޫރީ ޕާޓީގައި މިހާރު ތިބި މެމްބަރުންގެ އަދަދަކީ 13،826 އެވެ. އުވައިލުމުގެ މަރުހަލާގައި އޮތް ޕީޕީއެމްގައި މިވަގުތު ވެސް 12،174 މެންބަރުން ތިބި ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.

އެހެނިހެން ސިޔާސީ ޕާޓީތަކުގައި ތިބި މެންބަރުންގެ އަދަދުތައް:

– އަދާލަތު ޕާޓީ، 9،049 މެންބަރުން

– އެމްޑީއޭ، 9،210 މެންބަރުން

– އެމްއެންޕީ، 6،050 މެންބަރުން

– ދަ ޑިމޮކްރެޓްސް، 3،667 މެންބަރުން

– އެމްޓީޑީ، 2،359 މެންބަރުން

– ޕީއެންއެފް، 2،822

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!