ފެންޑާ
ފަތިސްތަރި: ރެޔާދުވާލުގެ ހުރިހާ ވަގުތެއް މަސައްކަތަށް! ތިގޮތް ކަމަކު ނުދޭ، ލޯބިވާ މީހުންނަށް ވަގުތުކޮޅެއް ދީބަލަ!

މިއަދުގެ ދުނިޔޭގައި އެންމެން ވެސް އުޅެނީ ބާރު ދުވެއްޔެއްގައެވެ. އަދުގެ ބުރަ ދިރިއުޅުމުގައި ފައިސާ ހޯދުމަށް، އަމިއްލަ މަސައްކަތުގައި ހޭބޯ ނާރާއުޅުމަކީ އާންމުވަމުން އަންނަ ހިތާމަހުރި އަދި ނުރަނގަޅު އާދައެކެވެ. ވަޒީފާގެ ޒިންމާތަކާއި، އިޖުތިމާއީ ޒިންމާތަކުގެ ތެރޭގައި އާއިލާއަށް ވަގުތު ނުދެވި ދާކަން ފާހަގަކުރެވެއެވެ.

ނަމަވެސް، އާއިލާއަކީ އިންސާނާގެ ދިރިއުޅުމުގެ އެންމެ މުހިންމު ބައި ކަމުގައިވާއިރު، އާއިލާއަށް ވަގުތު ދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. އެހެން ނޫނީ ހޯދާ ފައިސާ ތަކުން، ގޭގެ ހަރަދުހަމަޖެއްސުމުން، ކަންކަން ފުރިހަމަކޮށްދިނުމުން ފޫނުބެދި ހުރި ބާގަނޑު ބޮޑުވަމުންގޮސް ހަޔާތުގެ ނާ މާކަނޑަށް ޣަރަޤުވުން އޮންނާނީ ދާދިކައިރީގައެވެ. އަދިދެން ތިހޯދާ ފައިސާއިން އެ ނައު ސަލާމަތެއްވެސް ނުކުރެވޭނެއެވެ.

މާބޮޑަށް ލަސްނުވަނީސް މިކަމާ ވިސްނާށެވެ.

އާއިލާއަށް ވަގުތު ދިނުމަކީ އަޅުގަނޑުމެންގެ ދިރިއުޅުމުގައި އެންމެ އިސްކަމެއް ދޭންޖެހޭ އެއްކަމެވެ./ ފޮޓޯ: ފްލިކަރ

މީގައި އަންހެނެއް ފިރިހެނެއް ވަކި ޖިންސެއް ތަފާތުވެފައެެއް ނެތެވެ. ގޭތެރެއާއި ދަރިންނާއި ވަޒީފާއާއި މިހެން ގޮސް އެކިކަހަލަ ޒިންމާތަކުގައި އެންމެންވެސް އުޅެނީ އެމީހެއްގެ ދުނިޔޭގައި، އަނެކާއަށް ދޭނެ ވަގުތު ނެތިފައެވެ.

އާއިލާއަށް ވަގުތު ދިނުމުގެ މުހިންމުކަން

އާއިލާއަށް ވަގުތު ދިނުމަކީ އާއިލީ ގުޅުން ވަރުގަދަކޮށް، ލޯތްބާއި އެކުވެރިކަން އިތުރުކުރުމަށް މަގުފަހިވާނެ ކަމެކެވެ. ދަރިންނަށް ރަނގަޅު ތަރުބިއްޔަތެއް ދިނުމަށްޓަކައި، މައިންބަފައިން ދަރިންނާއެކު ވަގުތު ހޭދަކުރުމަކީ ކޮންމެހެން މުހިންމު ކަމެކެވެ. އަދި މީގެ އިތުރުން، އުމުރުން ދުވަސްވީ މައިންބަފައިންނަށް ވަގުތު ދިނުމަކީ އަޅުގަނޑުމެންގެ ޒިންމާއެކެވެ.

އާއިލީ ހާއްސަ ދުވަހެއް ކަނޑައެޅުން މުހިންމު

ހަފުތާގެ ތެރެއިން ވަކި ދުވަހެއް އާއިލާއަށް ހާއްސަ ދުވަހެއްގެ ގޮތުގައި ކަނޑައެޅުމަކީ އާއިލާއާއެކު ވަގުތު ހޭދަކުރުމަށް ރޭވުންތެރިކަމާއެކު ކުރެވިދާނެ ކަމެކެވެ. މި ދުވަހު އެހެން އެއްވެސް އިޖުތިމާއީ ހަރަކާތެއްގައި ބައިވެރިނުވެ، ހަމައެކަނި އާއިލާއަށް އިސްކަންދިނުމަކީ މުހިންމު ކަމެކެވެ. މިފަދަ ދުވަހެއްގައި އާއިލާއާއެކު ކެއުމެއް ކައި، ކުޅިވަރު ކުޅެ، ނުވަތަ ޕިކްނިކަށް ގޮސް ވަގުތު ހޭދަކުރެވިދާނެއެވެ.

ލޯބިވާ ވާހަކަ އާއިލާއާއި ގާތް މީހުން ގާތު، ތިމާ ލޯބިވާ މީހުން ގާތު ބުނުން މުހިންމު:

އަޅުގަނޑުމެން ލޯބިވާ މީހުންނަށް އެކަން ހާމަކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ޚާއްޞަކޮށް މައިންބަފައިންނަށާއި، މާމަ-ކާފައިންނަށް ލޯބިވާކަން ހާމަކުރުމަކީ އެ ބޭފުޅުންގެ ހިތްތަކަށް އުފާވެރިކަން ގެނެސްދޭނެ ކަމެކެވެ. ކޮންމެ ދުވަހަކުވެސް މަދުވެގެން އެއް މީހަކަށް ނަމަވެސް ލޯބިވާކަން ހާމަކުރުމަށް އަމިއްލަ ނަފުސާ ވައުދުވާންވާނެއެވެ.

ޓެކްނޮލޮޖީގެ ބޭނުން ހެޔޮގޮތުގައި ހިފުން

އާއިލާއާއެކު ވަގުތު ހޭދަކުރާއިރު، ފޯނާއި އިލެކްޓްރޯނިކް ވަސީލަތްތަކުން ދުރުހެލިވެ، އެކަކު އަނެކަކާ ވާހަކަދައްކައި، ކަންކަން ހިއްސާކުރުމަށް އިސްކަންދޭންވާނެއެވެ. ނަމަވެސް، ދުރުގައި ތިބޭ އާއިލާގެ މެންބަރުންނާ ގުޅުން ބޭއްވުމަށް ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކުރުމަކީ ފައިދާހުރި ކަމެކެވެ.

އާއިލާއަށް ވަގުތު ދިނުމަކީ އަޅުގަނޑުމެންގެ ދިރިއުޅުމުގައި އެންމެ އިސްކަމެއް ދޭންޖެހޭ އެއްކަމެވެ. މަސައްކަތުގެ ދާއިރާގައި ކިތަންމެ ކާމިޔާބު މީހަކަށް ވިޔަސް، އާއިލާއާއެކު ހޭދަކުރާ ވަގުތު މަދުވެއްޖެނަމަ، އެއީ ފުރިހަމަ ކާމިޔާބީއެއް ނޫނެވެ. އެހެންކަމުން، އާއިލާއަށް ވަގުތު ދިނުމަށް އަބަދުވެސް އިސްކަންދީ، އެކަމަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!