ރެސިޕީ
ހުވަދޫ ހުކުރު ސުފުރާ: ކޮޕީފަތު ރިހަ

ބޭނުންވާ ތަކެތި:

  • – ކޮޕީފަތް
  • – ވަޅޯމަސް
  • – 3 ފިޔާ
  • – 3 ލޮނުމެދު
  • – 1 ބޮޑު ކެޕްސިކަމް
  • – 2 ރޯ ޓޮމާޓޯ
  • – 1 ގިތެޔޮމިރުސް
  • – ކާށިކިރު ބޯކިރު

ލޮނުމިރުސް ގަނޑު:

  • – 1 ސ.ސަމުސާ ދިރި، ކޮތަނބިރި، ދަވްގަދަ
  • – 5 ހިކިމިރުސް
  • – 3 ލޮނުމެދު
  • – އިނގުރު
  • – 1 ފިޔާ
  • – 3 ބިލަމަގު
  • – 2 ސަމުސާ ހަނާކުރި ހަވާދު
  • – ކުޑަ ލޮނުކޮޅެއް

ތައްޔާރުކުރާނެ ގޮތް:

 ލޮނުމިރުސް ގަނޑު ތައްޔާރުކުރުން:

  • ހުރިހާ އެއްޗެއް މިކްސަރުން އެއްކޮށް ފުނޑާލާ.
  • އެއަށްފަހު ލޯޖެހި ލޮނުމިރުސް، ސަމާ ހަވާދު ކޮޅެއްވެސް އަޅާފައި އެއްކޮށްލާ.

ކޮޕީފަތު ރިހަ، ހެނދުނަކަަސް މެންދުރަކަސް ސުފުރާ ފަޅިފިލުވައިލަން ހަމަ އެއްވަނަ/ ފޮޓޯ؛ ނަންދާ-އެފްބީޕޯސްޓް

ކޮޕީފަތް ތައްޔާރުކުރުން:

  • ކޮޕީފަތް ކޮށާފައި (ފެން އެއްޗަކަށް ކޮށާފައި އަޅާށެވެ. ކޮށާއިރުގައި ފަތުގައި ބާރަށް ހިފަހައްޓާ ނުހަދާށެވެ. އޭރަށް ހިތި ރަހަ ލައިފާނެއެވެ.އަދި ކޮށް ފެންގަނޑު ތެރެއަށް ކުޑަ ލޮނުކޮޅެއް އަޅާލާށެވެ. އުމުރުން ދުވަސްވީ މީހުން ބުނާގޮތުގައި ފަތުގައި ހިތިރަހަލުން ދުރުކޮށްދޭނެއެވެ.) ދޮވެފައި ފެނުން ނަގައި، 15 މިނިޓް ވަންދެން ފެންފޮދެއްގައި ކުޑަކުޑަ ލޮނުކޮޅެއް ލައިގެން ކައްކާލަ.
  • އެއަށްފަހު އެފަތުން ގުޅަހަދާފައި ހިމުންކޮށް ކޮށާލާ (ބޭނުމިއްޔާ ނުކޮށާވެސް ކެއްކިދާނެ).

މަސް ތައްޔާރުކުރުން: މަސްކޮޅު ވަރަށް ތުނިކޮށް ކޮށާލާ.

ރިހަ ތައްޔާރުކުރުން

  • ތެލި އުދާފައި ތެޔޮ އަޅާފައި ހޫނުވެލީމަ ފިޔާ، ލޮނުމެދު، މިރުސް، ހިކަދިފަތް، ރާބާފަތް، ކެޕްސިކަމް އަޅާފައި މޯޅިވެލީމަ ޓޮމާޓޯ ކޮޅު އަޅާ.
  • ދެން ތައްޔާރުކުރި ލޮނުމިރުސް ގަނޑު އަޅާފައި އެއްކޮށްލާ.
  • ކުޑަކޮށް ރޯފިލީމަ މަސްކޮޅު އަޅާފައި އެއްކޮށްލާ.
  • ބޭނުމިއްޔާ ޓޮމާޓޯ ޕޭސްޓް ކޮޅެއްވެސް އެއްކޮށްލާ.
  • ދެން ކޮޕީފަތްކޮޅު އަޅާފައި މަޑުމަޑުން އެއްކޮށްލާ.

ފެނާއި ކިރު އެޅުން:

  •  ހިކި ރިހައެއްނަމަ 1 ޖޯޑު ފެން އަޅާ.
  •  1 ސަމުސާ ފޮނިތޮށި ހަވާދު ކޮޅެއް އަޅާ.
  •  ގަދައަށް ކެކުނީމަ ބޯކިރު އަޅާލާ.

ފަހު ކަމަކަށް: މަޑު ގިނީގައި 5 ވަރަކަށް މިނިޓު ކައްކާ. އެހެރީ ތައްޔާރު ކުރެވިފައި.

މިއީ ރަހަމީރު ކޮޕީފަތު ރިހަ ތައްޔާރުކުރާނެ ގޮތެވެ.. މިއީ ސިއްހަތަށް ގެއްލުންނުވާ ރަހަމީރު ރިހައެކެވެ.

މިރެސިޕީ ބޭނުންކޮށްގެން މެންދުރުގެ ކެއުމަށް ސުފުރާ މައްޗަށް އަރުވާނެ ރިހައެއް ތައްޔާރު ކޮށްލުން ކީއްތޯ އެވެ. އަޖުމަ ބަލައިލެވިދާނެ އެހެންނޫންތޯ އެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!