ޚަބަރު
ހަފްތާގެ 5 ދުވަހުގެ އިތުރުން ހޮނިހިރު ދުވަހު ވެސް ޕާސްޕޯޓު ދޫކުރަން ފަށަނީ

އަންނަ ހޮނިހިރު ދުވަހުން ފެށިގެން މާލެ ސަރަހައްދުގައި ޕާސްޕޯޓް ދޫކުރުމުގެ ޚިދުމަތް ހޮނިހިރު ދުވަހުވެސް ލިބޭނެކަމަށް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ބުނެފިއެވެ.

ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްއާން ވަހީދު ވިދާޅުވީ މީގެ ކުރިން ޕާސްޕޯޓު ދޫކުރަމުން ދިއައީ ހަމައެކަނި ރަސްމީ ދުވަސްތަކުގައި ނަމަވެސް، ދެން ހަފްތާ ބަންދު ދުވަހެއް ކަމަށްވާ ހޮނިހިރު ދުވަހުވެސް ޕާސްޕޯޓު ދޫކުރަމުންދާނެ ކަމަށެވެ. މީގެ ކުރިން ޕާސްޕޯޓް ދޫކުރުމުގެ ޚިދުމަތް ދެމުންދަނީ ހަފްތާއަކު ފަސް ދުވަހު، އާދިއްތައިން ފެށިގެން ބުރާސްފަތި ދުވަހާއި ހަމައަށެވެ.

ޝަމްއާން ވިދާޅުވީ މިގޮތަށް ނިންމުމުގެ މަގްސަދަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދާއި އެއްގޮތަށް، ޚިދުމަތް ދޭ ވަގުތު އިތުރުކޮށް، ރައްޔިތުންނާ ގާތުން އަވަސް އަދި ލުއިފަސޭހަ ޚިދުމަތެއް ފޯރުކޮށްދިނުން ކަމަށެވެ. އަދި މެޑިކަލް އިމަރޖެންސީގައި ރާއްޖޭން ބޭރަށް ދާ ފަރާތްތަކަށް ކުރިއެކޭވެސް އެއްގޮތަށް 24/7 ޚިދުމަތް ލިބޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިމިގްރޭޝަނުން މަޢުލޫމާތު ދެއްވިގޮތުގައި އަންނަ ހޮނިހިރު ދުވަހުން ފެށިގެން މާލެ ސަރަހައްދުގައި ހިމެނޭ އިމިގްރޭޝަންގެ 3 އޮފީހަކުން ކޮންމެ ހޮނިހިރު ދުވަހަކުވެސް ޕާސްޕޯޓު ދޫކުރާނެއެވެ. މި ތިން އޮފީހަކީ މާލެ ވެލާނާގެ 1 ވަނަ ފަންގިފިލާ، ހުޅުމާލޭ ފޭސް 1ގެ އުމަރު ޒާހިރު ބިލްޑިންގ އަދި ހުޅުމާލެ ފޭސް 2ގެ ވިނަރެސް ދޭއްގެ 1 ވަނަ ފަންގިފިލާއެވެ. ކޮންމެ ހޮނިހިރު ދުވަހަކުވެސް ނަންބަރު ދޫކުރުމަށް ހަމަޖެހިފައި ވަނީ ހެނދުނު 9:00އިން މެންދުރު 12:00އަށް ކަމަށް އިމިގްރޭޝަނުން ވިދާޅުވިއެވެ.

މި އައު ބަދަލާއެކު، ރައްޔިތުންނަށް ޕާސްޕޯޓް ހެދުމުގެ ޚިދުމަތް ލިބުމަށް އިތުރު ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!