ޚަބަރު
އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާން ޕްރިޒަން އޮފިސަރުން ހޯދުމަށް އިއުލާންކޮށްފި

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ޕްރިޒަން އޮފިސަރުންގެ މަޤާމަށް އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާން ޕްރިޒަން އޮފިސަރުން ހޯދުމަށް އިއުލާންކޮށްފިއެވެ.

މި މަޤާމުގެ ޝަރުޠުތަކުގެ ތެރޭގައި ހިމެނެނީ ސާނަވީ އިމްތިހާނަކުން މަދުވެގެން 2 މާއްދާއިން ދަށްވެގެން ‘ޑީ’ ފާސް ލިބިފައިވުމާއެކު، ދިވެހި އަދި އިސްލާމް މާއްދާއިން ދަށްވެގެން ‘ސީ’ ފާސް ލިބިފައިވުމެވެ. ނުވަތަ ޕްރިޒަން އޮފިސަރުންގެ ވަޒީފާއަށް ބޭނުންވާ ނުވަތަ ގުޅުންހުރި ދާއިރާއަކުން ރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމެވެ.

މި މަޤާމުގެ އަސާސީ މުސާރައަކީ މަހަކު 6،050 ރުފިޔާއެވެ. މީގެ އިތުރުން ސަރވިސް އެލަވަންސްގެ ގޮތުގައި މަހަކު 3،500 ރުފިޔާ އަދި ލިވިންގ އެލަވަންސްގެ ގޮތުގައި މަހަކު 2،500 ރުފިޔާ ލިބޭނެއެވެ.

ވަޒީފާއަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ އަންނަ މަހުގެ 16 ވަނަ ދުވަހާ ހަމައަށެވެ. މި ކަމާ ގުޅޭ އިތުރު މަޢުލޫމާތު 3026114 ނަންބަރަށް ގުޅައިގެން ނުވަތަ 9112451 ނަންބަރަށް ވައިބަރ ކޮށްގެން ހޯދިދާނެއެވެ.

ކަރެކްޝަންސްއިން ބުނެފައިވާ ގޮތުގައި މަޤާމުތަކަށް މީހުން ހޮވުމުގައި ހަށިހެޔޮކަން ދެނެގަތުމަށް ފިޒިކަލް ފިޓްނަސް އަދި ފެތުމުގެ ޓެސްޓުން ފާސްވާ ފަރާތްތަކަށާއި، މެޑިކަލް އެގްޒަމިނޭޝަން، އިންޓަވިއު އަދި ބެކްގްރައުންޑް އެސެސްމަންޓުން ފާސްވާ ފަރާތްތަކަށް އިސްކަންދޭނެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!