ޚަބަރު
ފިޔޯރީ ކައުންސިލްގެ މުވައްޒަފުންނަށް ރޯދަ ބޯނަހެއްގެ ގޮތުގައި 3000 ރުފިޔާ ދިނުމަށް އެކައުންސިލުން ނިންމައިފި!

ފިޔޯރީ ކައުންސިލްގެ ކޮންމެ މުވައްޒަފަކަށް ރޯދަމަހުގެ ބޯނަހުގެ ގޮތުގައި 3000 ރުފިޔާ ދިނުމަށް އެކައުންސިލުން ނިންމައިފިއެވެ. މި ފައިސާ ދޫކުރުމަށް ހަމަޖެހިފައިވަނީ ކައުންސިލްގެ އާމްދަނީންނެވެ.

މިއީ ފިޔޯރީ ކައުންސިލްގެ 2024 ވަނަ އަހަރުގެ 48 ވަނަ ޢާންމު ޖަލްސާގައި ނިންމުނު ނިންމުމެކެވެ.

ކައުންސިލުން މި ނިންމުން ނިންމާފައިވަނީ، ކައުންސިލްގެ އާމްދަނީ އިތުރުކުރުމަށް ރަށުގެ އިޚްތިޞާޞްގައި ހިމެނޭ ބިންތަކާއި އެހެނިހެން ވަސީލަތްތަކުން އާމްދަނީ ހޯދުމަށް ކައުންސިލުން ނިންމާ ނިންމުންތަކުގެ އިދާރީ މަސައްކަތްތައް ކުރާ މުވައްޒަފުންގެ މަސައްކަތަށް ރިއާޔަތްކޮށެވެ. މީގެއިތުރުން، ރަށް ސާފުތާހިރު އަދި ރީތި ރަށެއްގެ ގޮތުގައި ދެމެހެއްޓުމަށް އިޖްތިމާޢީ ކޮމިޓީގެ މުވައްޒަފުން ކުރަމުންދާ ބުރަ މަސައްކަތްތަކަށްވެސް މި ނިންމުން ނިންމުމުގައި ރިއާޔަތްކޮށްފައިވާކަން ފާހަގަކުރެވެއެވެ.

ިފިޔޯރީ ކައުންސިލްގެ ރައީސް ފައިޒަރު ރަޝީދު ‘ހުވަދޫ’ މީޑިއާ އަށް މައުލޫމާތު ދިންގޮތުގައި މި ނިންމުމަކީ މުވައްޒަފުންގެ އަގު ވަޒަންކުރުމުގެ ގޮތުން ނިންމި ނިންމުމެކެވެ. އަދި މިދިޔަ އަހަރުގެ ރޯދަ މަހު ވެސް ކައުންސިލްގެ ކޮންމެ މުވައްޒަފަކަށް 1500 ރުފިޔާގެ ބޯނަސްގެ ގޮތުގައި ދެވިފައިވާ ކަމަށާއި މިއަހަރު 3000 ރުފިޔާ ދޭން ނިންމާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

މި ބޯނަސް ފަައިސާ ދިނުމުގައި ކައުންސިލްގެ މެމްބަރުން ނުހިމެނޭ ކަމަށް އެ ކައުންސިލުން ބުނެފައިވެއެވެ.

ކައުންސިލްގެ މުވައްޒަފުންނަށް މިފަދަ ބޯނަހެއް ދިނުމަށް ނިންމާފައިވަނީ، މުވައްޒަފުންގެ ވަޒީފާގެ ފޯރި އިތުރުކޮށް، އެފަރާތްތަކުގެ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުންކަން ފާހަގަކޮށްލެވެއެވެ. މި ނިންމުމަކީ މުވައްޒަފުންގެ މެދުގައި ހިތްހަމަޖެހުން އުފެދި، އިތުރު ހިތްވަރަކާއެކު މަސައްކަތްކުރުމަށް ލިބޭނެ ބާރަކަށް ވެގެންދާނެ ކަމެއްކަމަށް ބެލެވެއެވެ.

ރޯދަމަހުގެ ބޯނަސްގެ ގޮތުގައި ދެވޭ މި ފައިސާ ލިބުމުން، ގިނަ މުވައްޒަފުންނަށް ރޯދަމަހުގެ ޚަރަދުތަކަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބިގެންދާނެ ކަމަށް ލަފާކުރެވެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!