ޚަބަރު
ހއ. ދިއްދޫގެ މަގު ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުން؛ މަސައްކަތުގެ 54 އިން ސައްތަ ނިމިއްޖެ

ތިލަދުންމަތީ އުތުރުބުރީ ދިއްދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށް ކުރިއަށް ގެންދާ މަޝްރޫޢުގެ 54 އިން ސައްތަ މަސައްކަތް ނިމިފައިވާ ކަމަށް، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ހާމަކޮށްފިއެވެ.

ހއ ދިއްދޫގެ މަގު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މި މަޝްރޫޢުގެ މަސައްކަތް ފެށިފައިވަނީ 2022 ވަނަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައެވެ. ނަމަވެސް، ތަފާތު އެކި ސަބަބުތަކާ ހުރެ 2023 ވަނަ އަހަރުގެ ފަހުކޮޅު މަސައްކަތް ވަނީ މަޑުޖެހިފައެވެ. އެހެންނަމަވެސް، ރާއްޖޭގެ ރަށްތަކުގެ ތަރައްޤީއަށް ހިންގޭ މަޝްރޫޢުތަކުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ގެންދިޔުމަށް ސަރުކާރުން އެކުލަވާލި ޚާއްސަ ސިޔާސަތެއްގެ ދަށުން، 2024 ވަނަ އަހަރުގެ ކުރީކޮޅު މަސައްކަތް ވަނީ އަލުން ފަށައިގަނެފައެވެ.

މި މަޝްރޫޢުގެ ދަށުން މިހާތަނަށް ނިމިފައިވާ މަސައްކަތްތަކުގެ ތެރޭގައި ކޭބަލް ޖަންކްޝަން ބެހެއްޓުމާއި، ހޮޅި އެޅުމުގެ އިތުރުން ސްޓޯމް ވޯޓަރ ނެޓްވޯކް އެޅުން ފަދަ މުހިންމު މަސައްކަތްތައް ހިމެނެއެވެ.

ހަމައެހެންމެ، ހއ. އިހަވަންދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ 25 އިން ސައްތަ މަސައްކަތްވެސް މިހާރު ވަނީ ނިމިފައެވެ. މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށިފައިވަނީ 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހުގައެވެ. އިހަވަންދޫގެ މަޝްރޫޢުގައި މިހާތަނަށް ކޭބަލް ޖަންކްޝަން ނެޓްވޯކް އެޅުމުގެ 75 އިން ސައްތަ މަސައްކަތްވެސް ވަނީ ނިމިފައެވެ.

މި ދެ މަޝްރޫޢަކީވެސް ރާއްޖޭގެ ރަށްތަކުގެ ތަރައްޤީއަށް ސަރުކާރުން ދޭ އިސްކަމުގެ ދަށުން ކުރިއަށްގެންދާ މުހިންމު މަސައްކަތްތަކެކެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!