ޚަބަރު
ދަރުމަވަންތަ ހޮސްޕިޓަލުގައި އަލިފާނުގެ ޙާދިސާއެއް ހިނގާފައި ނުވޭ: އެމްއެންޑީއެފް

ދަރުމަވަންތަ ހޮސްޕިޓަލުގައި އަލިފާނުގެ ހާދިސާއެއް ހިނގާފައި ނުވާކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން  ކަށަވަރު ކޮށްދީފިއެވެ.

އެމްއެންޑީއެފްއިން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، ހޮސްޕިޓަލުގައިއަލިފާނުގެ ހާދިސާއެއް ހިނގާ ކަމަށް ބަޔަކު މައުލޫމާތު ދީގެން ދިޔަ ކަމަށާއި ނަމަވެސް، އިމާރާތުގައި އެއްވެސް އަލިފާނުގެ ހާދިސާއެއް ހިނގާފައި ނުވާކަމަށެވެ. ދަރުމަވަންތަ ހޮސްޕިޓަލުން ދުން އަރާ މަންޒަރު ފެނިގެން އިމާރާތުގައި އަލިފާނުގެ ހާދިސާއެއް ހިނގިކަމަށް ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައި ވާތީ އެމްއެންޑީއެފުން ވަނީ އެއީ ކިހިނެއްވީކަމެއްކަންވެސް ބުނެދީފައެވެ.

“މި ތަނުން ބުރައިގެންދާ ފެން ބޭރުކުރާއިރު އަލި އެޅިފައި ހުންނަގޮތުން ފެންނަނީ ދުން ގޮތަށް. އެއަރކޯން އައުޓްޑޯރގެ ފޭން، ފަންކާއިން ބޭރުކުރާއިރު ބުރައިގެންދާ ފެންތަކަށް ލައިޓް އެޅުނީމާ ދުން އަރާގޮތަށް ފެންނަނީ،” އެމްއެންޑީއެފް އިން ބުންޏެވެ.

އިމާރާތުގެ އެޗްވެކް ސިސްޓަމްއިން (އެއަރކޯން އައުޓްޑޯރގެ ފޭން) އިން ފެން ބޭރުކުރާ އިރު ބުރައިގެންދާ ފެންތަކަށް އަލި އެޅުމުން ދުރަށް ހީވަނީ ދުން އަރަމުންދާ ހެނެވެ. އެކަމަކު އެއީ އަލިފާނުގެ ދުމެއް ނޫންކަމަށް އެމްއެންޑީއެފުން ވަނީ ޔަގީންކޮށްދީފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!