ޚަބަރު
މާލެ، ހުޅުމާލޭގައި އެފްއެސްއެމުން ހިންގާ ޝެޑުތަކުން ފުޅިއަށް އަދި ހަންހަމަށް ތެޔޮދޫކުރާ އުސޫލަށް ބަދަލުގެންނަނީ

ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން މާލެ އަދި ހުޅުމާލޭގައި ހިންގާ ތެޔޮ ޝެޑުތަކުން ފުޅިއަށް އަދި ހަންހަމަށް ތެޔޮ ދޫކުރާ އުސޫލަށް ބަދަލު ގެނައުމަށް ނިންމައިފިއެވެ. މި ބަދަލުތައް އަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާނެ ކަމަށް އެފްއެސްއެމްއިން މިއަދު ހާމަކޮށްފިއެވެ.

އާ އުސޫލުގެ ދަށުން، ފުޅިއަކަށް ކަސްޓަމަރަކަށް ގިނަވެގެން ދޫކުރެވޭނީ ދުވާލަކަށް 3 ލީޓަރެވެ. އަދި ފުޅިއަށް ތެޔޮ އަޅައިދެވޭނީ ކަސްޓަމަރުގެ އައިޑީ ކާޑު ހުށަހެޅުމުންނެވެ. ހަންހަމަށް ތެޔޮ ދޫކުރުމުގައިވެސް ބަދަލުތަކެއް ގެނެސްފައިވެއެވެ. އެގޮތުން ހަންހަމަށް ތެޔޮ ދޫކުރެވޭނީ ޑިނގީ ނުވަތަ ލޯންޗުގެ ރަޖިސްޓްރީއަށް ބަލައި، ދުވާލަކަށް ގިނަވެގެން 80 ލީޓަރެވެ.

އެފްއެސްއެމްގެ ފަރާތުން މަޢުލޫމާތު ދެއްވި ބޭފުޅަކު ވިދާޅުވި ގޮތުގައި މި ބަދަލުތައް ގެނައުމަށް ނިންމާފައިވަނީ ދެ ސަބަބަކަށްޓަކައެވެ.

އެއީ ސަލާމަތީ މިންގަނޑުތަކަށް ބަލައި އުސޫލަށް ބަދަލު ގެންނަން ފެންނާތީއާއި، ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް އަވަހަށް ޚިދުމަތް ފޯރުކޮށްދިނުމުގެ މަޤްޞަދުގައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!