ޚަބަރު
ރައީސް ޑރ މުއިއްޒު، ހއ. އުތީމަށް ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހއ. އުތީމަށް ވަޑައިގަންނަވަައިފިއެވެ. އެރަށަށް ރައީސް ވަޑައިގެންނެވިއިރު، އެމަނިކުފާނަށް މަރުޙަބާ ދެންނެވުމަށް ރަށުގެ ގިނަ ރައްޔިތުން ބަނދަރު ސަރަޙައްދަށް ނުކުމެ ތިއްބެވެ. އުތީމަކީ ރައީސުލްޖުމްހޫރިއްޔާ ހއ. އަތޮޅަށް ފައްޓަވާފައިވާ ދަތުރުފުޅުގެ ތެރެއިން ވަޑައިގެންނެވި 3 ވަނަ ރަށެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ރަށުގެ އެކި ފަރާތްތަކާ ބައްދަލުކުރައްވާނެއެވެ. މީގެ ތެރޭގައި ރަށު ކައުންސިލާއި، މުއައްސަސާތަކުގެ އިސްވެރިންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިތުރުން ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުން ހިމެނެއެވެ.

އުތީމުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވާ މުހިންމު ރަސްމިއްޔާތުތަކެއް ކުރިއަށްދާނެއެވެ. މީގެ ތެރޭގައި ކައުންސިލް އިދާރާގެ އައު އޮފީސް އިމާރާތުގެ ބިންގާ އެޅުމާއި، ފުލުހުންގެ މަރުކަޒުގެ ބިންގާ އެޅުން ހިމެނެއެވެ. އަދި ރަށުގައި އޭޓީއެމްގެ ޚިދުމަތް ފެށުމަށްޓަކައި، އެކަމަށް ބޭނުންވާ އިމާރާތް އެޅުމަށް ކައުންސިލާ ބިން ހަވާލުކުރުންވެސް އޮންނާނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ހއ. އަތޮޅަށް ކުރައްވާ މި ދަތުރުފުޅަކީ 3 ދުވަހުގެ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި އަތޮޅުގެ 11 ރަށަކަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. މި ދަތުރުފުޅުގެ ތެރެއިން ރަށްރަށުގެ ތަރައްޤީގެ މަޝްރޫޢުތަކާއި ރައްޔިތުންގެ ޙާލަތު ބައްލަވާލައްވާނެކަމަށް ބެލެވެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!