ޚަބަރު
ގާފަރު މަގުމަތިން ދިޔަ މީހަކަށް ވަޅިއަކުން ޙަމަލަ ދިން މައްސަލަ؛ އެކަކު ހައްޔަރަށް!

ކ. ގާފަރު، މަގުމަތިން ހިނގާފައި ދިޔަ ބިދޭސީއަކަށް ވަޅިން ހަމަލާ ދީފިއެވެ. މި މައްސަލައާ ގުޅިގެން އެކަކު ވަނީ ހައްޔަރުކޮށްފައެވެ.

ފުލުހުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު 7:05 ހާއިރު ގާފަރުގެ މަގެއްގައެވެ. ހަމަލާ ދީފައިވަނީ ބަންގްލަދޭޝްގެ ރައްޔިތަކަށް ކަމަށާއި ހަމަލަދިނީ ތޫނު އެއްޗަކުން ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. އަދި މި ހާދިސާގައި އަނިޔާ ލިބުނު ފަރާތް ވަނީ ޒަޚަމްވެފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ކ. ގާފަރުގައި މިއަދު ހެނދުނު ހިނގި ހާދިސާ/ ފޮޓޯ:އެމްވީ ކްރައިސިސް

މި މައްސަލަ ފުލުހުންނަށް ރިޕޯޓުކުރުމާ ގުޅިގެން، ފުލުހުން ވަނީ ވަގުތުން ތަޙުޤީޤު ފަށާފައެވެ. އަދި މި މައްސަލައާ ގުޅިގެން ގާފަރު ގުލްދަސްތާގޭ ޖާޒިމް ޖައުފަރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައެވެ.

ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންދާ ކަމަށެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!